ހުޅުމާލޭގައި ހުންނަ ރޯ ހައުސެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ރޯ ހައުސް 1501 ގެ ތިން ވަނަ ފަންގިފިލާގައި ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ އެ އިމާރާތުންނާއި ކައިރީގައި ހުރި އިމާރާތްތަކުން ވެސް މީހުން ހުސްކޮށްފަ އެވެ. ރޯ ހައުސްގައި އަލިފާން ރޯވިކަން ރިޕޯޓްކޮށްފައިވަނީ މިއަދު 4:02 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެެވެ. ފަޔަ އެންޑް ރެސްކިއުން ކުރި މަސައްކަތުން 4:30 ހާއިރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެެވެ.

މިއަދު މެންދުރު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން އުޅޭ ހިސާބުގައި ހުރި ކުނިތަކެއްގައި ވެސް އަލިފާން ރޯވެފައިވާކަން ފާހަގަކޮށްލެވެއެވެެ.



ކިޔުންތެރިންގެ ހިޔާލު