ވ. އަތޮޅު ކައުންސިލް އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލުކުރުމާއި، ވ. އަތޮޅު ކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ވ. އަތޮޅު ކައުންސިލް އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލުކުރުމާއި، ވ. އަތޮޅު ކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ވ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްުުޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އިމްތިޔާޒެވެ.
މި ރަސްމިއްޔާތުގައި ވ. އަތޮކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމެވެ.
ވ. އަތޮޅު ކައުންސިލްގެ އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލުކުރުމަށް މި ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ކައުންސިލްގެ މަސައްކަތްތައް "ބްރޭންޑިންގ" ކުރުން ހިމެނެއެވެ. އެގޮތުން ކައުންސިލް އިދާރާގެ ރަސްމީ ލިޔެކިޔުންތައް ޒަމާނީގޮތަށް ފަރުމާކޮށް، ވ. އަތޮޅު ކައުންސިލްގެ "ކޯޕަރޭޓް އިމޭޖު" ދައްކުވައިދިނުމަށް ބޭނުންކުރާނެ ތަފާތު އުފެއްދުންތައް ވަނީ ތަޢާރަފުކޮށްފައެވެ. މިގޮތުން މުވައްޒަފުންގެ ކާޑާއި ކޯރޕަރޭޓް ޔުނިފޯމާއި އިދާރާއިން ބޭރުގައި ހިންގާ ޙަރަކާތްތަކުކައި ބައިވެރިވާއިރު ބޭނުންކުރާނެ ޔުނިފޯމާއި ޕްލާސްޓިކް ފުޅީގެ ބަދަލުގައި އިދާރާގައި ބޭނުންކުރާނެ ފެންފުޅި ފަދަ ތަކެތި އިފްތިތާޙްކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވ. އަތޮޅު ކައުންސިލް ރައީސް ޝުޖާޢު ޢަލީ ދެއްކެވި ވާހަކައިގައި ކައުންސިލް އިދާރާގެ އިދާރީ ހިންގުމަށް މި ގެނެވޭ ބަދަލުތަކުގެ ބޭނުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް، ހަލުވިކޮށް، ކައުންސިލްގެ ނިޒާމު ހިންގުމުގައި ވ. އަތޮޅުން ނަމޫނާ މަސައްކަތްތަކެއް ކުރުންކަމަށް ވިދާޅުވިއެވެ. އަދި ވ. އަތޮޅު ކައުންސިލް ދެމި އޮންނާނީ ތަފާތު ދައްކައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ރަށްރަށަށް ގެނެސްދިނުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރާ ނަމޫނާ ކައުންސިލެއްގެ ގޮތުގައިކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވިގެން ދިޔަ އަތޮޅު ކައުންސިލްގެ ސާރވިސް ޗާރޓަރަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މިންގަނޑުތަކާއި މުއްދަތާއި މި ޚިދުމަތްތައް ހޯއްދެވުމަށް އާއްމުން ޢަމަލުކުރައްވަންވީ ގޮތް ބަޔާންކުރާ ލިޔުމެކެވެ. މި ރަސްމިއްޔާތުގައި ޗާޓަރ ހުށަހަޅުއްވައިދެއްވީ ފެލިދެއަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް ޢަބްދުލް މަޖީދު ޢަބްދުލްޣަނީއެވެ.

ކިޔުންތެރިންގެ ހިޔާލު