ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އާ އުސްމިންތަކަށް ވާޞިލްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިކަމަށެވެ. އެގޮތުން މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެންކަމަށާއި އޭގެތެރެއިން އެންމެ މުހިންމު ރުކުންތަކަކީ، ޢަދުލުވެރިވުމާއި، އިންޞާފު ޤާއިމުކުރުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީކުރުންކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ޢަދުލުވެރިކަން ނެތް އެއްވެސް މުޖުތަމަޢެއްގައި، ހެޔޮކަމެއް ނޯންނާނެކަމަށާއި އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމަޢެއްގައި، ޞުލްޙަވެރިކަމެއްވެސް ނޯންނާނެކަމަށެވެ.
"ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީ ނުކުރާ މުޖުތަމައެއް ވެގެންދާނީ މުންކަރާތްތައް ޢާއްމުވެފައިވާ، ބާއްޖަވެރިކަމެއް ނެތް މުޖުތަމަޢަކަށެވެ. ފަހެ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖުތަމައެއް ގެ އެންމެ އިސް ރުކުނެވެ. މި އުއްމަތަކީ، އެންމެ ހެޔޮ އުއްމަތް ކަމުގައި ވެގެންދިޔައީ، ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ހުއްޓުވުމުގެ ސަބަބުންނެވެ" މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ހުތުބާގައި ވަނީ ޒުވާނުންނަށް ގިނަ ނަސޭޙަތްތަކެއް މިއަދު ދެއްވާފައެވެ. އެގޮތުން ޒުވާނުންނަކީ، މި ޤައުމުގެ އުއްމީދުކަމަށާއި އަދި ޤައުމު ދިރިއޮތުމުގެ ސިއްރުކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ، ނުވަތަ ހިތާމައަކީ، އެކަމުގެ މައްޗަށް ޢާއިލާތަކާއި، މުޅި ޤައުމު ހިތާމަކުރާނޭ ކަމެއްކަމަށްވެސް ބުނެފައި ވެއެވެ. ހުތުބާގައި ވަނީ އިސްލާމްދީނުގައި ޒުވާނުންނަށް ތަޢުރީފާއި މަތިވެރި މަޤާމެއް ދީފައިވާކަން ހަނދާން ކޮށްދީފަވެ.
ހެޔޮ ގޮތުގައި ތަރުބިޔަތުވެގެން ﷲ އަށް އަޅުކަން ކުރުން މަތީ ދެމި ހުންނަ ޒުވާނާއަށް ޤިޔާމަތް ދުވަހު، މާތް ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެކަން ބަޔާންކޮށްފައިވާކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެެ.
މިއަދުގެ ހުތުބާގައި ވަނީ ދުޅަހެޔޮކަންމަތީގައި ހުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ބަލާލާފައި ވެއެވެ.
"ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށް ވުރެ،ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ، މާތް ﷲ ލޯބިވެވޮޑިގެންވެއެވެ. މިހެންކަމުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި، ޝަރުޢީ ގިއުގަނޑުގެ ތެރޭގައި، ކުޅިވަރު ކުޅުމާއި، ކަސްރަތު ކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫން." ހުތުބާގައިވެއެވެ.
މިއަދުގެ ހުތުބާގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި، އުފާ ފާޅުކުރުމާއި، ދަތުރު ދިއުމާއި، ޙަފްލާތައް ބޭއްވުމަކީ ދީން މަނާކުރާކަމެއް ނޫންކަމަށް ބުނެފައި ވެއެވެ. އަދި ކީރިތި ރަސޫލާ މާތް ޙަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަންކަމުން ނަމޫނާ ދައްކަވާފައިކަމަށާއި އަދި އެކަލޭގެފާނު އުފާ ފާޅުކުރެއްވިކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
"ބޮޑެތި މީހުންނާއި، ކުޑަކުދީންނާ ސަމާސާކުރައްވައި އުޅުއްވިއެވެ. އެއްވެސް ކަމެއްގައި، ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވައެވެ. ހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ވިޔާނުދާ އަދި ބޭއަދަބީ ކަމަކަށް ފުރުޞަތެއް ނުދެއްވައެވެ." ހުތުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު