ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ޕާކު ކުރެވޭނެކަމުގެ ލިޔުމެއް ނެތި ރަޖިސްޓަރީ ކުރެވޭގޮތަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން މިގޮތަށް ނިންމީ ހަތަރު ފުރޮޅުލީ އުޅަނދުތައް މާލޭގައި ރަޖިސްޓަރީކުރަން ހުށަހަޅަން ޖެހޭނީ ގަރާޖަކާ އެކުގައިކަމަށް އޮންނަ ޝަރުތު އުވާލާގޮތަށް ގާނޫނު އިސްލާހުކުރަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އިސްލާހު ދިރާސާކުރުމަށްފަހު ނިންމެވި ރިޕޯޓުގައެވެ. މި ރިޕޯޓް މިހާރު ވަނީ ކޮމިޓީން ފާސްކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.
މި ބިލު ފުރަތަމަ ދިރާސާކުރިއިރު، ކޮމިޓީން ނިންމީ ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ޕާކު ކުރެވޭނެކަމުގެ ލިޔުމެއް ނެތިވެސް ރަޖިސްޓަރީ ކުރެވޭ ގޮތް ހެދުމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ޕްރެޝަރުގެ ސަބަބުން ކޮމިޓީން ފަހުން ނިންމީ ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ޕާކު ކުރެވޭނެކަމުގެ ލިޔުމެއް ނެތި ރަޖިސްޓަރީ ކުރެވޭ ގޮތަށް އޮންނަ އޮތުން އެގޮތުގައި ބާއްވާށެވެ.
މި ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ކޮމިޓީގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ބާއްވާނެ ތަނެއް ނުދައްކާ އެފަދަ ވެހިކަލްތައް ރަޖިސްޓްރީ ކޮށްދޭން ފަށައިފިނަމަ ނުރަނގަޅު ނަތީޖާ ތަކެއް ނިކުންނާނެކަމަށެވެ. އަދި ވެހިކަލް ރަޖިސްޓްރީކުރާއިރު ވެހިކަލް ބާއްވާނެތަނެއް ޔަޤީންކުރަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގަރާޖު ސިޓީ އުވާލާ އިސްލާހު ގެންނަން ނުފެންނަކަމަށް ކޮމިޓީން ނިންމިނަމަވެސް ގަރާޖު ސިޓީގެ ސަބަބުން ދިމާވާ މާލީ ތަކުލީފުތަކާއި ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓު އޮތޯރިޓީގައި ދަންނަވަން ކޮމިޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު