މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރަން އަނެއްކާވެސް ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ސިޓީ ކައުންސިލުން ފަށާފައިވާ މަޝްރޫއުގެ ދަށުންކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބޭނުންވާތީ، އެމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުމާއި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މިމަހުގެ 17 ވާ ބުދަ ދުވަހުގެ 09:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަރު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ސިޓީ ކައުންސިލުން ބުނީ މިމަސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، އަދި ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އަލުން ބީލަމަށް ހުޅުވާލާފައިވާއިރު. މިދިޔަ ޖޫންމަހުވެސް ކައުންސިލުން އެމަސައްކަތް ކުރިއަށްގެންދިޔައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެމަސައްކަތް އޮތީ ހުއްޓިފައެވެ.
މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި މިވަނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވެގެން ރޭގަނޑު މިސްކިތުގައި ނިދާ، ކައިބޮައި ހަދާ މައްސަލަތައް ފަހަކަށް އައިސް އާންމުވެ އާންމުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރާތާ ދުވަސް ތަކެއް ފަހުންނެވެ. މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ނިދައި ކައިބޮއިހަދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އާންމުން ގެނައުމުން ފުލުހުން މިހާރު އެކަން ބަލަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މަސްތުވާ ތަކެތި ބޭނުންކުރާ މީހުން އެއަމަލު ހިންގައި ދިރިއުޅުމަށް މިސްކިތްތައް ބޭނުން ކުރުން އާންމުވީ ފަރުވާއަށް ކަމަށް ބުނެ އެފަދަ ގިނަ ބަޔަކު މުޖުތަމަޢަށް ދޫކޮށްލިއިރު އެމީހުންނަށް އެބުނާ ފަރުވާއެއް ދެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު