ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ދަށް ރޭންކުގެ 13 ފުލުހަކަށް ދައުވާ ކުރުމަށް ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް، އެކުދިން ގޮވައިގެން އެ ރަށަށް ދަތުރު ކުރި ފެރީގައާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލަ އެޗްއާރްސީއެމުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އެޗްއާރްސީއެމްގެ ތަހުގީގުން ހޯދިފައިވާ ކަންކަން ފުލުހުންނާ ހިއްސާ ކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންނަށް ހުށަހަޅައިފައިނުވާ ކަމަށެވެ.
އަދި މި އެކޭމްޕަކީ އެ ކުދިންނަށް ބޭނުންތެރި، އަދި ކޭމްޕްގެ ފައިދާ މިހާރު ވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް ދަތުރުގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންކަން، މިހާތަނަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވޭ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
"ވީމާ މިދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް ގާނޫނު ނަންބަރު 13/2013، އެންޓިޓޯޗަރ ގާނޫނުގެ ދަށުން ދައުވާކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެކެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
މި މައްސަލައިގައި ދައުވާ ކުރި 13 ފުލުހުންގެ ތެރޭގައި ތިން އަންހެން ފުލުހަކު ވެސް ހިމެނެއެވެ.
ފުލުހުންގެ މައްޗަށް އުފުލާފައިވަނީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި އެގާނޫނުގެ 15 ވަނަ މާއްދާއާ ހަވާލާދީ، އަދި އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.
އެއީ އެ ދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑި އަޅުވައިފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ އަމަލު ހިންގި ކަމަށް ބުނެ އެެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އެ ފުލުހުންގެ މައްޗަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު