ޖުމުހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރާކާތެއް މާލެ އަތޮޅު ދިއްފުށީގައި ފަށައިފިއެެވެ.

ޖުމުހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ދިއްފުށީގައި ކުރިއަށް ގެންގޮސްފައިވަނީ އެޕާޓީގެ އަންހެން ކަނބަލުން އިސްނަގައިގެންނެވެ. ޖުމުހޫރީ ޕާޓީގެ އަންހެން ކަނބަލުން ކ. ދިއްފުއްޓަށް ކުރި ދަތުރެއްގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެރަށުގެ ބައެއް ޒުވާނުން ވަނީ ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.





ޖުމުހޫރީ ޕާޓީން ބުނީ "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދާއި، އަތޮޅުތަކުގައިވެސް މިކެމްޕޭން ވަރަށް ބާރަށް ކުރިޔަށް ގެންދާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އުފެއްދި ޖުމްހޫރީ ޕާޓީގައި މިހާރު 14 ހާހަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.



ކިޔުންތެރިންގެ ހިޔާލު