ޖަޕާނުގެ އައު ޚާރިޖީވަޒީރު ހަޔާޝީ ޔޮޝިމަސާއަށް ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ޚާރިޖީވަޒީރުކަމަށް ޔޮޝިމަސާ އައްޔަންކުރުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުން މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ ޖަޕާނުގެ އައު ޚާރިޖީވަޒާއި އެމަނިކުފާނުގެ ޓީމާއެކު ވަރަށް ގާތުން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާކަމަށެވެ.



އަދި ދިވެހިރާއްޖެއާއި ޖަޕާނުގެ ޒަމާންވީ ބަދަހި ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިއުމަށް ދެ ގައުމުންވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



އުމުރުފުޅުން 60 އަހަރުގެ ޔޮޝިމަސާ، އަކީ ޝިންޒޯ އަބޭގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ބޭއްފުޅެކެވެ. އަދި ފިޝަރީޒް މިނިސްޓަރުކަންވެސް ކުރެއްވި ބޭއްފުޅެކެވެ.

ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ބޮޑެތި ބިޔަ، ދެމެހެއްޓެނިވި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު