ދިވެހި ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަކަމަަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމުން ބުނެފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި މިއަދު ނެރުނު ބަޔާނެއްގައި ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާކަމަށް ބުނެފައި ވެއެވެ.

އެމްއާރުއެމްގެ ބަޔާނުގައި މިފަދަ ދަނޑިވަޅެއްގައި އަޅުގަޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ

އަދި އިތުބާރުކުރާ މުޖުތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަކުރުން ހިމެނޭކަމަށެވެ. އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައާއި، ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމުގައި ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހުރުމުގެ ފައިދާ ދިވެހީން ދެކިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު