ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރި މައްސަލައެއްގައި 13 ފުލުހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގެ ގައިގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާކަމަށެވެ. ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަކީ ދައުލަތުން ޚާއްޞަ ޙިމާޔަތެއް ދޭންޖެހޭ ކުދިންތަކެއް ކަމަށެވެ.
މިމައްސަލައިގައި ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރަށް ދައުވާ ކުރަން ފޮނުވި ނަމަވެސް، ސިޔާސީ ގޮތުން ބާރުގަދަ ބޭފުޅުންގެ ފާޑުކިއުންތަކާއި، ޕްރެޝަރުގެ ސަބަބުން އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.
ޕީޖީ ވިދާޅުވީ މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވި 13 މީހުންނަކީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވެ ތަހުގީގަށް ހެކި ލިބިފައިވާ 13 ފުލުހުން ކަމަށެވެ.
މިމައްސަލައަކީ 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ގެންގޮސްގެން އެޗްއާރުސީއެމުން ތަހުގީގްކުރި މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު