އަހުމަދު މަސްނޫމް   10 ނޮވެމްބަރު 2021 - 18:34
ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، އެގޮތުން ވާދަވެރި ޖަޒީރާ ލީގެއް އުފައްދަންޖެހޭކަމަށް ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުޅިވަރު މައިދާނުގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ކުރީގެ މަޖިލިސް މެމްބަރު ހާމިދު އަބްދުލްޣަފޫރު މިއަދު ވިދާޅުވެއްޖެއެވެ.

ހާމިދު މިހެން ވިދާޅުވީ އިއްޔެ ލަންކާއާއި ދިވެހިރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގައި ފަހަތުން އަރައި 4 ލަނޑު ޖަހައިގެން ލަންކާއިން ރާއްޖެއާ އެއްވަރުކުރުމުން އެކަމާއި ހިތްހަމަނުޖެހިގެން ގިނަ ބަޔަކު ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ރާއްޖޭގައި ވާދަވެރި ޖަޒީރާ ލީގެއް އުފައްދަންޖެހޭކަމަށެވެ. އަދި ވާދަވެރި ޖަޒީރާ ލީގެއް އުފެއްދުމަށް މެޗްތައް ތަރުތީބު ކުރާގޮތް ބަދަލުކުރަންޖެހޭކަމަށް ހާމިދު ވިދާޅުވިއެވެ. އަދި އެއީ، މިހާރު ގެންގުޅޭ "ސެންޓަރަލައިޒްޑް" އުސޫލް ދޫކޮށްލައި، "ހޯމް އެންޑް އަވޭ" އުސޫލަށް މެޗް ތަރުތީބު ބަދަލުކުރުންކަމަށްވެސް ހާމިދު ވިދާޅުވިއެވެ.

"ވާދަވެރި ޖަޒީރާ ލީގެއް އުފެއްދުމަށް ގެންނަންޖެހޭ ދެވަނަ ބަދަލަކީ މެޗްތައް ތަރުތީބު ކުރާގޮތް ބަދަލުކުރުން. އެއީ، މިހާރު ގެންގުޅޭ "ސެންޓަރަލައިޒްޑް" އުސޫލް ދޫކޮށްލާ، "ހޯމް އެންޑް އަވޭ" އުސޫލަށް މެޗްތަރުތީބު ބަދަލުކުރުން." ހާމިދު ވިދާޅުވިއެވެ.

ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ނަތީޖާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޤައުމީ ޓީމަށާއި އެފްއޭއެމް އަދި ޔޫތު މިނިސްޓްރީއަށް ފާޑު ކިޔަމުންނެވެ.

މި މެޗުން ރާއްޖެ ބަލިވުމާއި ގުޅިގެން ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ވަހީދު ވިދާޅުވީ ޤައުމީ ޓީމަށް ލިބޭ އެއްޗެއް ލިބެނީ ކުޅުންތެރިންގެ ހިތްވަރުންކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ދުރު ރާސްތާ ޕްލޭނެއް ނެތްކަމަށާއި ފިޒިކަލް ފިޓްނަސް، ނިއުޓްރިޝަންސް، އަދި ސައިކޮލޮޖިކަލް ޑިވެލޮޕްމަންޓާ ނުލާ ކުރިއަށް ނުދެވޭނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ހަމައެކަނި ޓާފް ދަނޑު އެޅިއަކަސް ނުވާނެކަމަށާއި އިންފްރާސްޓްރަކްޗަރގެ އިތުރުން ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް ވެސް ފޯކަސްކުރަންޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން