ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯންޑް އެންޓަރޕްރައިސް (އެސްއޯއީ) އަދި ޕަބްލިކް އިންޓެރެސްޓް އެންޓީޓީ (ޕީއައިއީ) ތައް އޮޑިޓްކުރުމާ ބެހޭ ދެ ގަވައިދެއް މިއަދު އިފްތިތާހް ކޮށްފިއެވެ.
މިއަދު އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ގަވާއިދު އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރެވެ. މިއަދު ތަޢާރަފްކުރި މި ދެ ގަވާއިދަކީ ރެގިއުލޭޝަން އޮން އޮޑިޓް އެންޑް އެކައުންޓަބިލިޓީ އޮފް އެސްއޯއީސްއާއި ރެގިއުލޭޝަން އޮފް ޕަބްލިކް އިންޓެރެސްޓް އެންޓިޓީ އޮޑިޓަރސް ގަވާޢިދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އަމީރު ވިދާޅުވީ މިއީ މިވަގުތަށް ވަރަށް މުހިންމު ދެގަވައިދެއް ކަމަށެވެ. އަދި މި ދެ ގަވައިދުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި މި ގަވާއިދުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް އެނގޭނެފަދަ މަސައްކަތްތަކަކަށް ވެގެންދާނެކަމަށާއި، އެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.
މި ދެ ގަވައިދާއެކު ޕީއައިއީތަކުން ހަދާ އޮޑިޓްތަކަކީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް، ޕްރޮފެޝަނަލް ސްޓެންޑާޑަށް ފެތިފައިވާ އޮޑިޓްތަކެއްކަން ކަށަވަރު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން މި ދެ ގަވައިދުގެ ދަށުން ކުންފުނިތަކުގެ ފައިދާ، ލިކުއިޑިޓީ، ގިއަރިންގ، ސޮލްވެންސީ، އަދި އެފީޝިއެންސީ ރޭޓު ވަޒަން ކުރެވިގެންދާނެއެވެ. މީގެސަބަބުން ކުންފުނި އިތުރަށް ހަރުދަނާވެ، ހިއްސާދާރުންނާ ހަމައަށް އެންމެ އެކަށީގެންވާ ތެދު މައުލޫމާތު ފޯރުކޮށްދެވިގެން ދާނެއެވެ.

"ރެގިއުލޭޝަން އޮން އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް އެސް.އޯ.އީސް" އަދި "ރެގިއުލޭޝަން އޮފް ޕަބްލިކް އިންޓްރަސްޓް އެންޓިޓީ އޮޑިޓަރސް" މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު މިއަދު ނެރެދެއްވައިފި (1/2) pic.twitter.com/LWkyhxMl2K
— Ministry of Finance (@MoFmv) November 9, 2021
މި ރަސްމިއްޔާތުގައި މިނިސްޓަރ އަމީރު ވިދާޅުވީ މިއީ މިވަގުތަށް ވަރަށް މުހިންމު ދެގަވައިދެއް ކަމަށެވެ. އަދި މި ދެ ގަވައިދުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި މި ގަވާއިދުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް އެނގޭނެފަދަ މަސައްކަތްތަކަކަށް ވެގެންދާނެކަމަށާއި، އެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.
މި ދެ ގަވައިދާއެކު ޕީއައިއީތަކުން ހަދާ އޮޑިޓްތަކަކީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް، ޕްރޮފެޝަނަލް ސްޓެންޑާޑަށް ފެތިފައިވާ އޮޑިޓްތަކެއްކަން ކަށަވަރު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން މި ދެ ގަވައިދުގެ ދަށުން ކުންފުނިތަކުގެ ފައިދާ، ލިކުއިޑިޓީ، ގިއަރިންގ، ސޮލްވެންސީ، އަދި އެފީޝިއެންސީ ރޭޓު ވަޒަން ކުރެވިގެންދާނެއެވެ. މީގެސަބަބުން ކުންފުނި އިތުރަށް ހަރުދަނާވެ، ހިއްސާދާރުންނާ ހަމައަށް އެންމެ އެކަށީގެންވާ ތެދު މައުލޫމާތު ފޯރުކޮށްދެވިގެން ދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު