ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، މިއަދު ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންވާ ރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



މި ޖާފަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ބައްދަލު ކުރަށްވައި ދެޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު