ސްކޮޓްލޭންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް 26 ސަމިޓުގައި މިނިސްޓަރުންގެ މެދުގައި ބާއްވާ ބައްދަލުވުންތައް ކުރިއަށްގެންދިއުމުގެ މަސައްކަތް ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާއާ ހަވާލުކުރުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒު މިއަދު ވިދާޅުވީ ސަމިޓުގައި މިނިސްޓަރުންގެ މެދުގައި ބާއްވާ ބައްދަލުވުންތައް ކުރިއަށްގެންދިއުމުގެ މަސައްކަތް ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާއާ ހަވާލުކުރުމަށް ނިންމީ އެ ސަމިޓުގެ ރައީސް އަލޯކް ޝަރުމާކަމަށެވެ.



ޝައުނާއާ ހަވާލުކުރެއްވި މިމަސައްކަތުގެ ދަށުން މިނިސްޓަރުންގެ މެދުގައި މަޝްވަރާކޮށްގެން ޕެރިސް އެގްރީމެންޓުގައިވާ ގޮތަށް މުޅި ދުނިޔެ މޫސުމީ ބަދަލުތަކަށް ފެއްތުމަށް މަސައްކަތްކުރާނެ ގޮތް ނިންމުމާއި އިޖުރާއާތުތަކާމެދު އެއްބަސްވުމަކަށް ވާސިލުވުން ހިމެނެއެވެ.

މި މަސައްކަތް ކުރައްވާއިރު އެކަމަނާގެ އަރިހުގައި ސްޕެއިނުގެ އިކޮލޮޖިކަލް ޓްރާންސިޝަން މިނިސްޓަރު އަދި މި ސަމިޓުގެ ނައިބު ރައީސް ޓެރެސާ ރިބެރާވެސް މަސައްކަތްކުރައްވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު