އަހުމަދު މަސްނޫމް   9 ނޮވެމްބަރު 2021 - 12:55
ރާއްޖެ ހިމެނޭ ސަރަޙައްދަށް ކުރިއަށް އޮތް 3 ދުވަހު ވައިގަދަވާނެތީ ސަމާލުވުމަށް މުސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާއްމުކޮށް ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްްފައެވެ.



މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަޙައްދުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށާއި ރާޅުތަކުގެ އުސްމިން އުޅޭނީ 3 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވާއިރު، މިފަހުން މޫސުން ގޯސްވެގެން ހިނގި ހާދިސާތަކުގައި ބައެއް މީހުން ގެއްލުމާއި މަރުވުމުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. އެކަންކަމާއި ގުޅިގެން ކަނޑުދަތުރުކުރުމާއި ގުޅޭ ބައެއް ގަވާއިދުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު