އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޝަމާލު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ޑޯނިއަރ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބުނު 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ޕައިލެޓުންނަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
މޭޖާ ޖެނެރަލް ޝަމާލް ވަނީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ލިބުމަކީ ޝަރަފެއް ކަމަށް ވިދާޅުވެ މި ޕައިލެޓުން ތަމްރީންކޮށްދިން އިންޑިއާގެ ސިފައިންނަށް ޝުކުރުއަދާކުރަށްވާފައެވެ،
ޑޯނިއަރ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ މިއަދު ދީފައިވަނީ ފަސްޓް ލެފްޓިނެންޓް އިބްރާހީމް ޝަރީފާއި ލެފްޓިނެންޓް އަޙްމަދު އަލީއަށެވެ. މި ދެ ޕައިލެޓުންނަކީ 2019 ވަނަ އަހަރު ބަދަލުކުރެވުނު ލެޓާ އޮފް އެކްސްޗޭންޖްގެ ދަށުން ދިވެހި ޕައިލެޓުންނަށް އެއާކްރާފްޓް ދުއްވޭގޮތަށް އިންޑިއާއާއެކު ދިވެހި ސަރުކާރުން ވެވުނު އެއްބަސްވުމުގެ ދަށުން ތަމްރީންކުރި ދެ ޕައިލެޓުންނެވެ. މިހާތަނަށް ފަސް ޕައިލެޓުން ތަމްރީނުކޮށް އޭގެތެރެއިން 4 ޕައިލެޓުން ވަނީ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ކޯސް ފުރިހަމަކޮށްފައެވެ. އޭގެތެރެއިން މިއަދު ބެޖު ލިބިވަޑައިގަތް ދެ ސިފައިން މިހާރު ވަނީ މި ޚިދުމަތާ ގުޅިވަޑައިގެންފައެވެ.
ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބުނު 2 ޕައިލެޓުން ބުނީ މިއީ ވަރަށް ބޮޑު ފަޚުރެއްކަމަށާއި މިފަދަ ޚިދުމަތެއް ދިނުމަށް ޝައުގުވެރިވީ ޤައުމީ ޚިދުމަތެއް ދިނުމުގެ ބޭނުމުގައިކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ސިފައިންގެ ދެ އޮފިސަރުންނަށް ދުއްވުމުގެ ލައިސަންސް ލިބުމުން މި މަތިންދާބޯޓުތައް ދެން ދުއްވާނީ ހުއްދަލިބުނު ދެ ޕައިލެޓުންނެވެ.
ޑޯނިއަރ މަތިންދާ ބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ޙާދިސާތަކުގައާއި ސިފައިންގެ އެކި ބޭނުންތަކުގައިވެސް ބޭނުން ކުރަމުންދާ އުޅަދެކެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށްވެސް މި އުޅަދު ބޭނުން ކުރެއެވެ.

In a ceremony held today, the @CDFofMNDF presented the aviation squadron badge to MNDF pilots.
— Maldives National Defence Force (@MNDF_Official) November 9, 2021
The pilots of the Coast Guard Aviation Squadron will be commencing their flying duties on the MNDF Dornier from today onwards. pic.twitter.com/025dMEJVst
ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބުނު 2 ޕައިލެޓުން ބުނީ މިއީ ވަރަށް ބޮޑު ފަޚުރެއްކަމަށާއި މިފަދަ ޚިދުމަތެއް ދިނުމަށް ޝައުގުވެރިވީ ޤައުމީ ޚިދުމަތެއް ދިނުމުގެ ބޭނުމުގައިކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ސިފައިންގެ ދެ އޮފިސަރުންނަށް ދުއްވުމުގެ ލައިސަންސް ލިބުމުން މި މަތިންދާބޯޓުތައް ދެން ދުއްވާނީ ހުއްދަލިބުނު ދެ ޕައިލެޓުންނެވެ.
ޑޯނިއަރ މަތިންދާ ބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ޙާދިސާތަކުގައާއި ސިފައިންގެ އެކި ބޭނުންތަކުގައިވެސް ބޭނުން ކުރަމުންދާ އުޅަދެކެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށްވެސް މި އުޅަދު ބޭނުން ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު