މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ވިޔަފާރީގެ މައްސަލަތައް ބައިނަލްއަގްވާމީ އާބިޓްރޭޝަންގެ އުސޫލުތަކާ އެއްގޮތަށް ހައްލު ކުރުމަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު އިފްތިތާހު ކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު އިފުތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މި ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ސަރުކާރުގެ ބައެއް އޮފިޝަލުންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު ވިދާޅުވީ އާބިޓްރޭޓަރުން ތަމްރީނު ކުރުމާއި އޮންލައިން ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރުމާއި ޒަމާނަށް ފެތޭ ރޫލްސް އޮފް އާބިޓްރޭޝަނެއް އެކުލަވައިލުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނަށް 2013 ގައި އަމަލުކުރަން ފެށުމަށްފަހު، އާބިޓްރޭޝަން ސެންޓަރު ހުޅުވީ 2019 އަހަރުއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ސެންޓަރުން ދަނީ ހިދުމަތް ދެމުންނެވެ.
އެމްއައިއޭސީގެ އާބިޓްރޭޓަރުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން 54 ބޭފުޅަކު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާބިޓްރޭޓަރުންގެ ޕްރައިމަރީ ޕެނަލްގައި ޖުމްލަ 50 ބޭފުޅުން ހިމެނޭއިރު ސެކަންޑަރީ ޕެނަލްގައި ހަތަރު ބޭފުޅުން ހިމެނެއެވެ. މި ލިސްޓުގައި ހިމެނޭ ހަމައެކަނި ދިވެއްސަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފެވެ.

The official Launching Event of the @MIArbCentre was held at Crossroads Maldives today. The Chief Guest of the ceremony was the Chief Justice of the Maldives, Hon. Uz. Muthasim Adnan. Attorney General, Justices of the High Court and other government officials were in attendance. pic.twitter.com/NQog8KSKFd
— Maldives International Arbitration Centre (@MIArbCentre) November 8, 2021
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު ވިދާޅުވީ އާބިޓްރޭޓަރުން ތަމްރީނު ކުރުމާއި އޮންލައިން ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރުމާއި ޒަމާނަށް ފެތޭ ރޫލްސް އޮފް އާބިޓްރޭޝަނެއް އެކުލަވައިލުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނަށް 2013 ގައި އަމަލުކުރަން ފެށުމަށްފަހު، އާބިޓްރޭޝަން ސެންޓަރު ހުޅުވީ 2019 އަހަރުއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ސެންޓަރުން ދަނީ ހިދުމަތް ދެމުންނެވެ.
އެމްއައިއޭސީގެ އާބިޓްރޭޓަރުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން 54 ބޭފުޅަކު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާބިޓްރޭޓަރުންގެ ޕްރައިމަރީ ޕެނަލްގައި ޖުމްލަ 50 ބޭފުޅުން ހިމެނޭއިރު ސެކަންޑަރީ ޕެނަލްގައި ހަތަރު ބޭފުޅުން ހިމެނެއެވެ. މި ލިސްޓުގައި ހިމެނޭ ހަމައެކަނި ދިވެއްސަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފެވެ.
ކިޔުންތެރިންގެ ހިޔާލު