ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހާޒިރު ނުކުރުމުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޭނާގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއަދު ސުޕްރީމް ކޯޓުން ތާވަލްކޮށްފައި ވަނީ އަލީގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެކެވެ.
ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި މައްސަލަ، ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ހައިކޯޓަށެވެ. ނަމަވެސް މި މަައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތަށް ކުރިއަށް ގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ހައިކޯޓުން މި މައްސަލަ ބޭރުކޮށްލުމުން ޕީޖީން މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށެވެ.
އަލީ ވަހީދުގެ މައްސަލަ އޮންލައިކޮށް ގެންދަން ނިންމި ނިންމުމާ ގުޅިގެން މީގެކުރިން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށް އަލީ ވަހީދު ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އަލީ ވަހީދު ވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި އިނގެރޭސިވިލާތުގައި އަލީ ވަހީދު ހުރުމުން އެހުކުމް ތަންފީޒުކުރުމަށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމާއިބެހޭ މުއައްސަސާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު