އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
މަޖިލީޙުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގައި ބަޖެޓް ބަހުސް ފަށަނީ ބަޖެޓް ދިރާސާ ކުރެއްވުމަށް މެމްބަރުންނަށް 7 ދުވަސް ދިނުމަށްފަހުއެވެ.
ބަޖެޓް ބަހުސް މިއަދު ފަށާފައިވާއިރު ބަޖެޓްގެ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ތަޅުމުގައި ބަޖެޓް ބަހުސް ކުރިއަށްދާއިރު، ބަޖެޓް ކޮމިޓީގައި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތްކުރާނެއެވެ. އަދި ކޮމެޓީން ބަޖެޓް ދިރާސާކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދޭނެއެވެ. އަދި ބަހުސްގައި މެމްބަރުން ފާހަގަކުރައްވާ ކަންކަމަށް ޖަވާބުދާރީވާން މިނިސްޓަރަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވާއިރު، ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު