ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިންސް އަދި ކޮމިއުނިކޭޝަން ދާއިރާގެ ހާލަތު ދެނެގަންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އެކުލަވާލި ރިޕޯޓަށް ސަރުކާރުން އަމަލުކޮށްފިނަމަ އިންގިލާބީ ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ސައިންސް އަދި ކޮމިއުނިކޭޝަން ދާއިރާގެ ހާލަތު ދެނެގަންނަން ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހެދި އެސެސްމަންޓަކަށް ފަހު މި މަހުގެ އެކެއްގައި ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިހާރު ނުކުރެވި ހުރި ގިނަ ކަންތައްތަކެއް ކުރަން މަޖިލީހުން ސަރުކާރަށް ލަފާ ދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރާއްޖޭގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ހާލަތު ދެނެގަތުމަށް މަޖިލީހުން ތައްޔާރު ކުރި ރިޕޯޓް ސަރުކާރުން ބަލައިގަނެ އެ ރިޕޯޓަށް އަމަލުކޮށްފިނަމަ ތަރައްގީގެ ދުވެލި ބާރުކުރުމަށް އިންގިލާބީ ބަދަލެއް ގެެނެވޭނެ ކަމަށެވެ.
"ރިޕޯޓް ސަރުކާރުން ބަލައިގަނެ އަމަލު ކުރެވިއްޖެނަމަ ސަރުކާރު ހިންގުމަށާއި ރައްޔިތުންނަށް ދޭ ޚިދުމަތް ދިނުމަށް ފަސޭހަވާނެ." އިކްރާމް ވިދާޅުވިއެވެ.
މީހުންގެ ސިފައާއި ފިންގަޕްރިންޓުން އެ މީހުންނާބެހޭ ހުރިހާ މައުލޫމާތެއް ހޯދައިލެވޭ ގޮތަށް ޑާޓާ ބޭހެއް ހަދަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާދޭން މިހާރު ވަނީ ނިއްމާފައެވެ. އެގޮތުން ޓެކްނޮލޮޖީގެ ދާއިރާއާއި ކޮމިއުނިކޭޝަންގެ ދާއިރާއާއި ޕްލޭނިންް ދާއިރާ ހަރުދަނާކުރުމަށް ކަންތައްތަކެއް ކުރުމަށް ވަނީ ލަފާދީފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ސޮފްޓްވެއާތައް ޑިޒައިންކުރުމަށާއި ތަރައްގީކުރުމަށް، މުޅި ނިޒާމު އެއްނެޓްވޯކަކުން ގުޅާލާފައިވާ ޑިޖިޓަލް އެޖެންސީއެއް ގާއިމްކުރުމާއި، ދައުލަތުގެ އިދާރާތަކުގެ އައިޓީ މުވައްޒަފުން، ޑިޖިޓަލް އެޖެންސީގެ ދަށަށް ގެނެސް، (ވާޗުއަލްކޮށް) އެއް ތަނެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މީހާގެ ސިފަ އާއި ފިންގަޕްރިންޓުން، އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް، އެމީހަކު އަމިއްލައަށް އަޕްޑޭޓްކުރެވޭ ގޮތަަށް ސެންޓްރަލް ޑާޓާބޭހެއް ގާއިމްކުރުމާއި އަދި އައިޓީ ދާއިރާގެ މުވައްޒަފުން ވަޒީފާތަކުގައި ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑު ހެދުން ހިމެނެއެވެެ.
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ރިޕޯޓް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާާނީ މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ބަހުސްކޮށް އެރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

Gaumee ICT haalath dhenegathumah Majleehun thayyaarukuri report sarukaarun balaigane amalu kurevijje nama sarukaaru hingumashaai rahyithunnah dhey hidhmaii faseyha kurushaai gaumuge tharahgeege dhuveli baaru kurumah ingilaabee badhaleh geneveyne. https://t.co/D39iiTUUJD
— Ikram Hassan MP (@ikramhassan) November 7, 2021
"ރިޕޯޓް ސަރުކާރުން ބަލައިގަނެ އަމަލު ކުރެވިއްޖެނަމަ ސަރުކާރު ހިންގުމަށާއި ރައްޔިތުންނަށް ދޭ ޚިދުމަތް ދިނުމަށް ފަސޭހަވާނެ." އިކްރާމް ވިދާޅުވިއެވެ.
މީހުންގެ ސިފައާއި ފިންގަޕްރިންޓުން އެ މީހުންނާބެހޭ ހުރިހާ މައުލޫމާތެއް ހޯދައިލެވޭ ގޮތަށް ޑާޓާ ބޭހެއް ހަދަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާދޭން މިހާރު ވަނީ ނިއްމާފައެވެ. އެގޮތުން ޓެކްނޮލޮޖީގެ ދާއިރާއާއި ކޮމިއުނިކޭޝަންގެ ދާއިރާއާއި ޕްލޭނިންް ދާއިރާ ހަރުދަނާކުރުމަށް ކަންތައްތަކެއް ކުރުމަށް ވަނީ ލަފާދީފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ސޮފްޓްވެއާތައް ޑިޒައިންކުރުމަށާއި ތަރައްގީކުރުމަށް، މުޅި ނިޒާމު އެއްނެޓްވޯކަކުން ގުޅާލާފައިވާ ޑިޖިޓަލް އެޖެންސީއެއް ގާއިމްކުރުމާއި، ދައުލަތުގެ އިދާރާތަކުގެ އައިޓީ މުވައްޒަފުން، ޑިޖިޓަލް އެޖެންސީގެ ދަށަށް ގެނެސް، (ވާޗުއަލްކޮށް) އެއް ތަނެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މީހާގެ ސިފަ އާއި ފިންގަޕްރިންޓުން، އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް، އެމީހަކު އަމިއްލައަށް އަޕްޑޭޓްކުރެވޭ ގޮތަަށް ސެންޓްރަލް ޑާޓާބޭހެއް ގާއިމްކުރުމާއި އަދި އައިޓީ ދާއިރާގެ މުވައްޒަފުން ވަޒީފާތަކުގައި ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑު ހެދުން ހިމެނެއެވެެ.
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ރިޕޯޓް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާާނީ މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ބަހުސްކޮށް އެރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު