މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
ޤައުމެއްގެ މިނިވަންކަން ދިފާއުކުރުމަށް އެންމެ މުހިންމީ އިޤްތިސާދީ ފުދުންތެރިކަން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަށްވަމުން އާއްޓޭ ވިދާޅުވީ، ޤައުމެއް ފަޤީރުވެއްޖެނަމަ އަޅުވެތިކަން އޮންނާނީ ނުހަނު ކައިރީގައި ކަމަށެވެ. އަދި މިނިވަންކަން ދިފާޢު ކުރުމަށް މި ޒަމާނުގައި އެންމެ މުހިންމު ކަމަކީ އިޤްތިޞާދީ ގޮތުން އަމިއްލައަށް ފުދިގެން ތިބުންކަމަށް އާއްޓޭ ވިދާޅުވިއެވެ.

"ފަޤީރުކަމަކީ ކާފިރުކަމާ އެއްވަރު ކަމެއް ކަމުގައިވީއިރު ޤައުމެއް ފަޤީރުވެއްޖެނަމަ އަޅުވެތިވުން އެއީ އެންމެ ކައިރީގައި އޮތް ކަންތައް." އާއްޓޭ ވިދާޅުވެފައިވެއެވެ.



އާއްޓޭ މި މޭރުމުން ވިދާޅުވެފައިވާއިރު، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން، ދަރަނީގެ ޖުމުލަ އަދަދު ހުންނާނީ 94 ބިލިއަން ރުފިޔާގައި ކަމަށް މާލީވަޒީރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތަ އެވެ.



މީގެ އިތުރުން ރާއްޖެއިން އިންޑިއާއިން ނަގަމުންދާ ލޯނުތަކާއި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން