ފެނަކައިިގެ ސޯލާޕެނަލް ހަރުކުރުމުގެ މަޝްރޫޢު
ފެނަކައިިގެ ސޯލާޕެނަލް ހަރުކުރުމުގެ މަޝްރޫޢު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ލ. ގަމުގެ ބައެއް މިސްކިތަކާއި، އިޖުތިމާއީ މަރުކަޒުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކައިން ބުނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ނެޓްމީޓަރިންގ އުސޫލުން ލ.ގަމު 5 މިސްކިތަކާއި އިޖްތިމާއީ މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މިި ޕްރޮޖެކްޓުގެ ދަށުން ލ.ގަމު 5 މިސްކިތަކާއި އިޖްތިމާއީ މަރުކަޒުގައި ޖުމްލަ 60kWp ސޯލަރ ޕީވީ ހަރުކުރެވިގެން ދާނެކަމަށް ފެނަކައިން ބުނެއެވެ. މިކަމުގެ ސަބަބުން ލ. ގަމު ކައުންސިލުން ކަރަންޓަށް ކުރެވޭ ހަރަދު ބޮޑުތަނުން ލުއި ވެގެންދާނެކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ މި މަޝްރޫޢުގެ ސަބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރެވޭ އަދަދު 80 ލީޓަރު މަދުކުރެވިގެން ދާނެކަމަށް އަންދާޒާ ކުރެވޭއިރު, މަހެއްގެ މައްޗަށް ފެނަކައަށް 2400 ލީޓަރުގެ ޑިސަލް ސަލަާމަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަން މަދުވެގެންދާނެކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ދެމެހެއްޓެެނިވިިގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު ސަރުކާރުގެ އެ އަމާޒުތަކަށް ވާސިލުވުމަށް ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން