ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ގަލޮޅު ސްކޫލުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކޮށްފައި ވަނީ 63 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ގަލޮޅު ސްކޫލްގެ ޕްރީ ސްކޫލްގައި ކިޔަވަމުންދިޔަ ޢުމުރުން 4 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގެ މައުލޫމާތު ސްކޫލަށް ހުށަހެޅުމާއެކު އެކަން ތަޢުލީމީ ވުޒާރާއިންވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ބަލަމުންނެވެ. އެގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މައްސަލަ ބަލާ ނިމެންދެން އެކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑު ކޮށްފައިވާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެމައްސަލާގައި ޢެޢަމަލު ހިންގި މީހަކު ކަށަވަރުވެފައި ނުވާތީ 29 އޮކްޓޯބަރު 2021 ވީ ހުކުރު ދުވަހުން ފެށިގެން ގަލޮޅު ސްކޫލުގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ހުރިހާ އަންހެން މުވައްޒަފުން ވަނީ ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. ހަމައެއާއެކު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލުގެ 18 ސަރަހައްދެއްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސިމާލު

02-Nov-2021

ވަރަންގޯސްއަމަލެއްކޮއްމެމީހަކުކުރިކަމުގައިވިޔަސް



ޓްރެންޑިން