އެސްޓީީީއޯގެ މައި އިދާރާ (ރަސް ފޮޓޯ- ޝާހް)
އެސްޓީީީއޯގެ މައި އިދާރާ (ރަސް ފޮޓޯ- ޝާހް)
އެސްޓީއޯއިން ވިއްކާ ބިހާއި ފިޔާގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

ކުރިން 260 ރުފިޔާ އަށް ވިއްކަމުން ދިޔަ ބިސްކޭހެއް އެސްޓޯއިން މިހާރު ވިއްކަމުންދަނީ 240 ރުފިޔާ އަށެވެ. އަދި 255 ރުފިޔާ އަށް ފިޔާ ބަސްތާއެއް ކުރިން ވިއްކި އިރު މިހާރު ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 175 ރުފިޔާ އަށެވެ.

މިއީ މި ރަމަޟާން މަސް ފެށުނުއިރު ވިއްކަމުންދިޔަ އަގަށް ވުރެ ބިސް ކޭހަކުން 20 ރުފިޔާ އަދި ފިޔާ ބަސްތާއަކުން 80 ރުފިޔާ ހެޔޮ އަގެކެވެ.

މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހުވެސް އެސްޓީއޯއިން ވަނީ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފައެވެ. އެގޮތުން އޭރުވަނީ 290 ރުފިޔާ އަށް ވިއްކަމުން ދިޔަ ބިސްކޭހެއް 260 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަދި 325 ރުފިޔާ އަށް ވިއްކަމުންދިޔަ ފިޔާ ބަސްތާއެއްގެ އަގު ވަނީ 255 ރުފިޔާއަށް ހެޔޮކޮށްފައެވެ.

ރޯދަ މަހަށް ހަނދުބެލުމުގެ ކުރިން ސަރުކާރުން ވަނީ ފިޔާ، އަލުވި ބިސް އަދި މުގު ވިއްކޭނެ އެންމެ މަތީ އަގުވެސް ކަނޑައަޅާ އެތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން