ދުވާފަރު މަގު ހެދުމުގެ މަސައްކަތް
ދުވާފަރު މަގު ހެދުމުގެ މަސައްކަތް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރ. ދުވާފަރު މަގުހެދުމުގެ މަސައްކަތް ނިންމާލައިފި އެވެ.



މިކަމާ ގުޅިގެން، އެމްޓީސީސީން ބުނީ ދުވާފަރު މަގު ހެދުމުގެ މުޅި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ މުޅިން ނިމިފައި ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީކޮށްފައިވެއެވެ. އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް 43.05 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީން އަންނަނީ ރާއްޖޭގައި ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި މާލީގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ޙާސިލްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން