މޯލްޑިިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ އަބްދުލް މުހައިމިން
މޯލްޑިިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ އަބްދުލް މުހައިމިން
މޯލްޑިިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ އަބްދުލް މުހައިމިން ސަސްޕެންޑްކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެބޭންކުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އަބްދުލް މުހައިމިން ވަގުތީގޮތުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ. މުހައިމިން ސަސްޕެންޑު ކުރަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްއައިބީގެ އެކްޓިން ސީއީއޯ އަކަށް މިހާރު ހަމަޖައްސާފައި ވަނީ މިހާރުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާ ކަމަށެވެ.



އަބްދުލް މުހައިމިން އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މި މައްސަލާގައި އެބޭންކުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން