ރިސޯޓުން ކަނޑަށްއެޅި ކުނި
ރިސޯޓުން ކަނޑަށްއެޅި ކުނި
އެމަރަލްޑް ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލަ ބަލަމުންދާކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ރ. އަތޮޅުގައި ހިންގަމުން އަންނަ އެމަރެލްޑް ރިސޯޓުން ކަނޑަށް އެޅި ކުނިތަކެއް އެރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކު އަނބުރާ ރިސޯޓްގެ ރިސެޕްޝަނާ ހަވާލުކުރުމުން އެ މުވައްޒަފު ވަޒީފާއިން ވަކި ކުރުމާއި ގުޅިގެންނެވެ.

އީޕީއޭއިން މިއަދު ބުނީ ރިސޯޓަކުން ޤާނޫނާ ހިލާފަށް ކަނޑަށް ކުނި އެޅި މައްސަލަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންް އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލް އެ އޭޖެންސީން ހާމަކޮށްފައެއް ނުވެއެވެ.



އެ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައިވާ އިޤްބާލް އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އެމަރަލްޑް ރިސޯޓަކީ އާންމުކޮށް ކަނޑަށް ކުނިއަޅަމުން އަންނަ ރިސޯޓެއް ކަމަށާއި، އެގޮތުން އެ ރިސޯޓުން ރ. އަތޮޅު މާފަރު ކޭވް ޑައިވް ސައިޓް ސަރަހައްދަށް އެޅި ކުނިތައް ނަގައި ރިސޯޓުގެ ރިސެޕްޝަނާއި ޙަވާލުކޮށްފައިވާ ކަމަށެވެ.

ކަނޑަށް ކުނިއަޅާ މައްސަލާގައި ރިސޯޓުގެ އިސްފަރާތްތަކާއި ވާހަކަ ދެއްކުމުންވެސް އެކަމަށް ޙައްލެއް ލިބިފައި ނުވާކަމަށާއި, އަދި އެ މައްސަލާގައި ވަޒީފާއިން ވަކި ކުރި ނަމަވެސް ދެރަ ނުވާކަމަށް އިޤްބާލްވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ާެައެމެރަލްޑް

01-Nov-2021

ހެހެހެ. އެމީހުންނަށްދެތިންނައިޓްފެމިލީޗުއްޓީއެއްހަމަޖެއqސީމާނިމުނީ.



ޓްރެންޑިން