އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޝާހް ރުކް ޚާންގެ ދަރި، އާރްޔަން ޚާން، ފިލްމީ ތަރި ޖޫހީ ޗައުލާގެ އެހީތެރިކަމާއެކު ބަންދުން ދޫކޮށްލައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހް ރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކްރޫޒް ޝިޕެއްގައި ކުރިއަށްދިޔަ ޑްރަގް ރެއިޑަކަށް ފަހު، މިހިނގާ އޮކްޓޯބަރމަހުގެ ތިންވަނަ ދުވަހުއެވެ. އާރިޔަނާއެކު އިތުރު 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ނަމަވެސް މިމައްސަލައިގައި އާރިޔާން ޚާނާއި ދެކޮޅަށް އަދި އެއްވެސް ހެއްކެއް ހޯދިފައި ނުވުމާއިއެކު، ތިން ހަފްތާ ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު، ފިލްމީ ތަރި ޖޫހީ ޗައުލާގެ އެހީތެރިކަމާއެކު ކަފާލާތުގެ ދަށުން އާރިޔަން މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ.

އާރިޔަން ޚާން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް އެދިފައިވަނީ ޖޫހީ ޗައުލާގެ އަމިއްލަ ނަމުގައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އާރިޔަން ޚާން ބަންދުން ދޫކޮށްލާފައިވަނީ ބޮމްބޭ ހައިކޯޓަށް އެއްލައްކަ ރުޕީޒްގެ ބޮންޑެއް ދެއްކުމަށްފަހުގައެވެ.

މިމައްސަލައިގެ ތަހުގީގަށް ސުވާލު ކުރަމުން ދާކަމަށްބުނެ، ކަފާލާތުގެ ދަށުން އާރިޔަން ބަންދުން ދޫކޮށްލުމަށް އެންސީބީ އިން ވަނީ މީގެ ކުރިން އެތައްފަހަރަކު ދެކޮޅު ހަދާފައެވެ. އަދި ހަމަ މިމައްސަލައިގެ ތަހުގީގުގައި ފިލްމީތަރި އަނަންނިޔާ ޕާންޑޭއާއި އާރްޔަން ޚާނާއި ދެމެދު، ވަޓްސްއެޕް މެދުވެރިކޮށް ކުރެވިފައިވާ މުއާމަލާތްތަކަކާއި ގުޅިގެން އަނަންނިޔާ ވެސް ވަނީ އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން