އަހުމަދު ޝާހް   31 އޮކްޓޯބަރު 2021 - 0:42
ރަށްރަށަށް ފޮނުވުމަށް ގެނެސްފައިވާ އެމްބިއުލާންސް
ރަށްރަށަށް ފޮނުވުމަށް ގެނެސްފައިވާ އެމްބިއުލާންސް
ރާއްޖޭގެ 20 ރަށަކަށް ބަލިމީހުން އުފުލުމަށް ބޭނުންވާ އެމްބިއުލާންސް މިއަދު ފޮނުވައިފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި 20 އެމްބިއުލާންސް ފޮނުވާފައިވާ ރަށްތަކަކީ، ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.

މިއަހަރު ނިމެންވާއިރަށް 60 އެމްބިއުލާންސް ސިއްހީ ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ.އާ ވަނީ ހަވާލުކޮށްފައެވެ. އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ.

މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން