މާޝާ މިދުހަތު   29 އޮކްޓޯބަރު 2021 - 15:11
ދިވެހިރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމަށްވާ އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ "ބްރިޖް" ބައިސްކޯފުގައި ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނީ، ކޮމެޑީ ފިލްމެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ފިލްމު "ބްރިޖް" ބައިސްކޯފުގައި ރިލީޒް ކުރާނީ ސީރީޒްއެއްގޮތުގައި ވަކިވަކި އެޕިސޯޑުތަކަކަށް ބަހާލައިގެންކަމަށެވެ. އަދި ނޮވެމްބަރުމަހު 13 ވަނަ ދުވަހުން ފެށިގެން ބައިސްކޯފު އެޕް މެދުވެރިކޮށް ބެލުންތެރިންނަށް ބްރިޖް ބަލާލެވޭނެކަމަށް އަމްޖޭ ބުނެފައި ވެއެވެ.

"ބްރިޖް" ޝޫޓްކޮށްފައިވަނީ ހުޅުމާލޭގައެވެ. ބްރިޖް ގެ ޝޫޓިންގ މިހާރު ނިމިފައިވާއިރު، މިހާރު ދަނީ ޑަބިންގ އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. ބްރިޖްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ފިލްމީދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ދެތަރިންކަމަށްވާ ރިޝްމީ އަދި ރަވީ އެވެ.



ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ "ބްރިޖް" ހެދުމުގެ މަގުސަދަކީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ހިތް ނުތަނަވަސްވެ ބިރުވެރިކަންމަތީގައި ތިބުމުން އެ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެެއް ހޯދައިދިނުން ކަމަަށް އަމްޖޭ ފާހަގަކުރިއެވެ.

ބްރިޖުން ފިލްމީ ތަރި ޝީލާ ނަޖީބާއި، ޝަމީލް، އަދި އާމިރާއާއި ތަޖޫބެއާއި މަރިޔަމް ހަލީމްގެ އިތުރުން އަނިލް ފަދަ ކާމިޔާބު ތަރިންތަކެއް ފެނިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން