ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އިސްލާހު ކުރުމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ގޮވާލައްވައިފިއެވެެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އިސްލާހު ކުރުމަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ވައުދެކެެވެ. އެހެން ނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދު ސަރުކާރުން ނުފުއްދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވީ ޖޭއެސްސީގެ އަމަލުތައް ހުންނަ ގޮތުން އެކޮމިޝަން ސްޕްރީމް ކޯޓަށް ވުރެ މަތީ ކޯޓެއްހެން ހީވާ ކަމަށެވެ. ފަނޑިޔާރުން މައްސަލަ ނިންމި ގޮތާއި މެދު ހިތްހަމަނުޖެހޭނެ ނަމަ ނުވަތަ އެ ފަނޑިޔާރުގެ ނިންމުން ރަނގަޅު ނޫންނަމަ ދާންޖެހޭނީ އެއަށްވުރެ މަތީ ކޯޓަކަށް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެފަދަ ކަންކަމުގައި ޖޭއެސްސީއަށް ގޮސް ޖޭއެސްސީން ފިޔަވަޅު އަޅަމުން ގެންދާތީ ޖޭއެސްސީ ސިފަކުރެވެނީ ސްޕްރީމް ކޯޓަށްވުރެވެސް މަތީކޯޓެއްގެ ގޮތުގައި ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



"މިހާރު ޖޭއެސްސީގެ އަމަލުތައް ހުންނަގޮތުން ހީވަނީ އެއީ ސްޕްރީމް ކޯޓަށް ވުރެ ވެސް މަތީ ކޯޓެއް ހެން، އަވަހަށް އެތަން އިސްލާހުކޮށްދެއްވާ." ފަނޑިޔާރު ކުރާ ހުކުމްތަކުގެ މައްސަލަ ބަލައި ހުކުމް ކުރާ ގޮތް ޖޭއެސްސީގައި ތިބޭ ބަޔަކަށް ކަމު ނުދިއުމުން އެ ފަނޑިޔާރަކާމެދު ފިޔަވަޅު އަޅަމުން ގެންދާ އުސޫލަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ވިދާޅުވެ، އެކަން ފާހަގަ ކުރަށްވައި، ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަމާލުކަމަށް އެކަން ގެންނަވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.

ޖޭއެސްސީން މިހާރު އަމަލު ކުރާ ގޮތަށް ބަލާއިރު އެކޮމިޝަން ބޮޑަށް ސިފަ ކުރެވެނީ ސްޕްރީމް ކޯޓަށްވުރެވެސް މަތީ ކޯޓެއްގެ ގޮތުގައިކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ފަނޑިޔާރުން ކުރާ ހުކުމް ތަކަކީ ވެސް ސުލޫކީ މައްސަލަތައް ކަމަށް ބަލައި ފަނޑިޔާރަކު ހުކުމް ކުރާ ގޮތާއި މެދު ޖޭއެސްސީގައި ތިބޭ ބަޔަކު ހިތްހަމަ ނުޖެހިއްޖެ ނަމަ ނޫނީ ޕީޖީ ހިތާ ނުވެއްޖެނަމަ އެހުކުމެއް ކުރި ފަނޑިޔާރަކު ސަސްޕެންޑްކޮށް ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށައެޅުން ފަދަ ހަރުކަށި ފިޔަވަޅުތަައް އެކޮމިޝަނުން ގެންދަނީ އަޅަމުންނެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއި ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ޖޭއެސްސީ އިން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.

އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް އެފަދަ ތުހުމަތުތައް މިހާރު ޖޭއެސްސީއަށް ކުރަނީ މިސަރުކާރު ވެރިކަމަށް އައިސް ޖޭއެސްސީގެ މެންބަރުން ބަދަލުކޮށް، އެމްޑީޕީން ކުރިން ފާޑުކިޔަމުން ދިޔަ ގިނަ ފަނޑިޔާރުންނާ މެދު އަވަސް ފިޔަވަޅުތަކެއް އަޅައި އެމީހުން މަގާމުން ވަކިކޮށް ހަދާފައިވާތީކަން ފާކަހަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު