އަހުމަދު މަސްނޫމް   27 އޮކްޓޯބަރު 2021 - 14:24
ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް ލަފާކުރި އެއް މިލިއަން ފަތުރުވެރިންގެ ޢަދަދު ހުކުރުދުވަހު ހަމަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ދުބާއީ އެކްސްޕޯ 2020ގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއެއްގައި މިނިސްޓަރ މައުސޫމް ވިދާޅުވީ މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކުރި ފަތުރުވެރިންގެ ޢަދަދުގެ އަމާޒަށް ވާސިލްވުމާ މިހާރު ގާތްވެފައިވާކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ހުޅުވާލާފައިވާއިރު އޭރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ފަތުރުވެރިންވެސް ރާއްޖެއަކަށް ނާދެއެވެ. ނަމަވެސް ދާއިރާގެ ބޭފުޅުންނާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ ލައްކައާ ގާތްކުރާ އަދަދެއްގައެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު އިތުރު 18 ރަށެއް މިމަހު ވަނީ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު