ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން 18 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.

ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން 18 ރަށެއް ބީލަމަށް ހުޅުވާލީ ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިންނެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް

- ހއ. މެދަފުށި

- ހއ. އަލިދުއްފަރުފިނޮޅު

- ހދ. ކުޑަފަރުފަސްގަނޑު

- ށ. ކުޑަޅައިމެންދޫ

- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން

- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު

- މ. މާއުސްފުށި

- ފ. އެނބުލުފުށި

- ފ. ޖިންނަތުގައު

- ތ. ކާއްޑޫ

- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު

- ލ. ކަށިދޫ

- ލ. ބޮޑުމުންޏަފުށި

- ލ. ދޮންބެރެހާ އަދި ހޮޅަރެހާ

- ގއ. މާރެހާ

- ގއ. ފުނަދޫވިލިގިއްލާ

- ގދ. ކަނޑަހަލަގަލާ

- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އެއްފަޅެއްގައި ކައިރި ކައިރީ ހުންނަ ރަށްތަކާއި ފަޅު ހިއްކައިގެން ރިސޯޓު ތަރައްޤީކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. އަދި މިފަހަރު ހުޅުވާލާފައިވާ ރަށްތަކަށް ބިޑު ހުށަހެޅުމަށް ވަނީ އެހެން ފަހަރުތަކާއި ހިލާފަށް ދިގު މުއްދަތެއް ދީފައެވެ. އެގޮތުން ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ހުޅުވާލާފައެވެ.



ސަރުކާރުން ވިދާޅުވީ ރިސޯޓް ތަރައްޤީކުރާ ފަރާތްތަަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރިސޯޓް ތަރައްޤީކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމާއި، 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށްވެސް ރަށްތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން