ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކުލި ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ސަބްސިޑީ ދޭންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަަވަމުންނެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މަހުން މަހަށް ދައްކަން ޖެހޭ ކުލި ބޮޑުވުމުންކަމަށެވެ. އަދި އެކަން ހައްލުކުރެވޭނީ ކުއްޔަށް ދޭ އަގު ކުޑަކުރެވިގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރައްޔިތުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަކީ ކޮބައިތޯ ބަލައި އެ ފަރާތްތަކަށް ސީދާ ސަބްސިޑީއެއް ދޭންޖެހޭކަމަށެވެ.

ޝަރީފް ވިދާޅުވީ ސަބްސިޑީއެއް ދޭން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް އެނާ އެދިވަޑައިގަންނަވާކަމަށެވެ. އަދި އެނޫން ގޮތަަކަށް ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ސޯޝަލް ހައުސިން ޕްރޮގްރާމެއް ފޯރުކޮށް ނުދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅު ތެރޭގައި ގެދޮރުއެޅުމަށް ބޭނުންވާ މީހުންނަށް ދައުލަތުން ކޮންމެެވެސް އެއްޗެއް ފޯރުކޮށްދެވޭނެ އުސޫލެއް ގާއިމުކުރުމަށް ވެސް ޝަރީފް އެދިވަޑައިގެންނެވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާއަށް ނަމަވެސް އެ ކުލި ކުޑަ ކަމަށް ބުނެ މި ސަރުކާރުން ވަނީ 8500 ރުފިޔާއަށް ކުލި ބޮޑުކޮށްފައެވެ.

އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރީ ސަރުކާރުން ކަނޑައެޅި 6،600 ރުފިޔާގެ ރޭޓުން ފްލެޓްތައް ކުއްޔެއް ދީފިނަމަ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން