ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި (ކ)، ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި (ކ)، ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް
ރައީސް ނަޝީދަށް މިހާރު މައުމޫނިޒަމްގެ ޢިއްޒަތް ކަމުދާކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަ ކުރަށްވައި 350 ވޯޓާއެކު ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުން މިސަރުކާރާއި ދެކޮޅުވެ އަނެއްކާވެސް ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ، ރައީސް ނަޝީދަށް މިހާރު މައުމޫނިޒަމްގެ ޢިއްޒަތް ކަމުދާކަމަށާއި މިހާރު ރައީސް ނަޝީދު ބޭނުންފުޅުވަނީވެސް ކުރިން ކަމުނުދިޔަ މައުމޫނިޒަމްގެ ގަނޑުވަރާއި، ސެކިއުރިޓީ ކަމަށެވެ.

"ލަންޑަނުގައި މަހަކު ލައްކައަކަށްވުރެ ގިނަ ޕައުންޑް ރައީސް ނަޝީދަށް ހޭދަކުރި." ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.



ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ޖެން ހޮޓަލުގެ ޚަރަދަކީ، ޤާނޫނާ ޚިލާފް ކޮރަޕްޝަންގެ ޢަމަލެއް ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ އިޞްލާޙުކުރަންވީ ޚަރަދުކުރުމުގެ ނިޒާމް ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު ބޭސްފަރުވާއަށް ޖަރުމަނުގައާއި އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި އެމަނިކުފާނުގެ ސަލާމަތަށް ކަމަށްބުނެ ސަރުކާރުން މިވަގުތު އެމަނިކުފާނު ބަހައްޓަވާފައި ހުންނެވީ ހޮޓެލް ޖެންގައެވެ.

އެކަމާގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަމިއްލަ ގެކޮޅުގައި ހުންނަވަން ބޭނުންފުޅުވިޔަސް ސަލާމަތީ ބާރުތަކުން އެކަމަށް ހުއްދަ ނުދޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަލާމަތާއި ގުޅޭގޮތުން އެންމެ ބޮޑަށް ސުވާލު އުފައްދަވަނީ ދެ ދަރިން ކަމަށާއި، ކޮންމެ ފަދަ ސެކިއުރިޓީއެއް ދީގެންވެސް ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ ދެކުދިން އެންމެ ބޮޑަށް އެދޭކަންތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވިރު އެމަނިކުފާނު ހުންނެވުމަށް ދަޢުލަތުން ހަމަޖައްސަވާފައިވާ މ. މުރައިދޫގެ މަރާމާތުކޮށް އަދި ނިމިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން