އަހުމަދު މަސްނޫމް   26 އޮކްޓޯބަރު 2021 - 14:9
ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ ދިވެއްސެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ރޭ 12:10 ހާއިރު ނިޔާވެފައިވާކަމަށެވެ. އެގޮތުން، ރޭގައި ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ފިރިހެނެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 241 ވަނަ މީހާއެވެ.



ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން 140 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 87،000 އިން މައްޗަށް އަރާފައެވެ.

ރާއްޖެއިން މިހާރު ކޯވިޑް-19ގެ ގިނަ ކޭސްތަކެއް ފެންނަމުންދަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. އެގޮތުން އައްޑޫ ސިޓީއަކީ ކޯވިޑް ފެތުރެމުންދާތީ އަދި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓަމުން ގެންދާ އެންމެ ގިނަދުވަސްވެފައިވާ އެއް އަތޮޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން