އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ފިޔަވައި އިތުރު މީހަކު އެމައްސަލައިގައި ޝާމިލްވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުރަތަމަ ފަހަރަށް ހާމަކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) އުޅުނު ގެ ފާސްކޮށް މައްސަލައާ ގުޅުން ހުރި ވަރަށް ގިނަ އެއްޗެހި ވަޅުލާފައި ވަނިކޮށް ނަގައިފައިވާ ކަމަށެެވެ. އަދި އެ ތަކެތި ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސް ތަހުލީލުކުރަމުން އަންނަ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ. ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި މަހްމޫދުގެ ފޯނާއި އައިޑީ ކާޑު ހިމެނެ އެވެ.

"މަހުމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާ (ސާލިމް)ގެ އިތުރުން އިތުރު މީހެއްގެ ނުވަތަ ބަޔެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައެއް ނުވެއެވެ." ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

އުމުރުން 57 އަހަރުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް އަނިޔާވެރިގޮތަކަށް މަރާލައި ގޯންޏަކަށް ލައި ފެންވަޅަކަށް ވައްޓާލާފައި އޮއްވައެެވެ. އެމައްސަލައިގެ ތުހުމަތުގައި ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސްފައި ހުރި އުމުރުން 29 އަހަރުގެ ބިދޭސީ މީހާ ހައްޔަރުކުރީ އާންމު މީހަކު ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސާލިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޯމިސައިޑް އިންވެސްޓިގޭޝަންގެ ޓީމަކާއި އދ. އަތޮޅު ފުލުހުންނާއި ފޮރެންސިކް ޓީމެއް އެމަރު ތަހުގީގް ކުރުމަށް ދަނގެތީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން