އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރައްވާފައިވާކަމަށް އެކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސަރުކާރާއެކު ޑިފެންސް މިނިސްޓްރީން މިދިޔަ ފެބްރުއަރީމަހު ސޮއިކުރި އެއްބަސްވުމުގެ މައްސަލަ އެ ކޮމިޓީން ބެލުމުގެ ގޮތުން މިއަދު އެކޮމިޓީއަށް ޑިފެންސް މިނިސްޓަރ ހާޒިރުކޮށް ބޭއްވި ބައްދަލު ވުމަށްފަހުގަ އެވެ.

މީޑިއާތަަކަށް މައުލޫމާތުދެއްވަމުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު އަސްލަމް ވިދާޅުވީ ސަލާމަތާ ބެހޭ ކޮމެޓީއަށް މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަޑައިގެން އެ އެއްބަސްވުން ދިރާސާ ކުރެއްވުމުގެ ފުރުސަތު މެމްބަރުންނަށް ދެއްވިކަމަށެވެ. އަދި ޑިފެންސް މިނިސްޓަރ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފްވެސް ކޮމިޓީއަށް ވަޑައިގަތެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގައި ތިއްބެވި މެމްބަރުންނަށް ބޭނުން އިރެއް ވަންދެން އުތުރު ތިލަފަޅު އެއްބަސްވުން ކިޔަން ލިބުނުކަމަށެވެ. އަދި އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނެތްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކަންބޮޑުވާންޖެހޭ ވަރުކަމެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު މެމްބަރުންވެސް އެއްބަސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަށްވާފައި ނުވާކަމަށެެވެ.

ނަމަވެސް އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެއް ނުވެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ މައްސަލަ ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެމައްސަލަ ހުށަހެޅުއްވުމާއި ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން