ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހްރުކްޚާންގެ ދަރިފުޅު އާރިޔަން ޚާނަށް މަސްތުވާތަކެތި ފޯރުކޮކޮށްދިން މީހާއަކީ ކާކުކަން އަނަންނިޔާ ޕާންޑޭއަށް އެނގޭކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހާމަކޮށްފިއެވެ.

ކްރޫޒް ޝިޕެއްގައި ކުރިއަށްދިޔަ ޑްރަގް ރެއިޑަކަށް ފަހު އާރްޔަން ޚާން، އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިހިނގާ އޮކްޓޯބަރމަހުގެ ތިންވަނަ ދުވަހުއެވެ. މިމައްސަލައާއި ގުޅިގެން ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ އަނަންނިޔާ ޕާންޑޭއާއި ސުވާލުކުރަން ހާޒިރުކޮށްފައިވަނީ އާރްޔަން ޚާނާއި އަނަންނިޔާ ޕާންޑޭއާއި ދެމެދު ވަޓްސްއެޕް މެދުވެރިކޮށް ކުރެވިފައިވާ މުއާމަލާތްތަކަކާއި ގުޅިގެންނެވެ.

މިމައްސަލައާއި ގުޅިގެން އަނަންނިޔާ ޕާންޑޭއާއި ސުވާލު ކުރުމަށްފަހު، އޭނާއަށް މަސްތުވާތަކެތި ސަޕްލައި ކޮށްދޭ މީހުން ނުވަތަ އާރިޔަނަށް މިހާތަނަށް މަސްތުވާތަކެތި ސަޕްލައި ކޮށްދިން މީހުން އެނގޭކަމަށް އެންސީބީން ބުނެފައިވާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

ނަމަވެސް ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި އެންސީބީއަށް މައުލޫމާތުދެމުން އަންނިޔާ ބުނެފައިވަނީ އާރިޔަނަށް މަސްތުވާތަކެތި ހޯދައިދޭ އެއްވެސް ބަޔަކު ނޭނގޭކަމަށެވެ. އަދި މަސްތުވާ ތަކެތީގެ އެކި ބާވަތްތައް ވަކިކުރަންވެސް އަންނަންނިޔާއަށް ނޭނގޭކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އާރްޔަން ޚާނާއި ދެމެދު ވަޓްސްއެޕް މެދުވެރިކޮށް ކުރެވިފައިވާ މުއާމަލާތްތަކަކާއި ގުޅޭގޮތުން އެންސީބީން ސުވާލުކުރުމުން އެއީ މަޖަލަކަށް ދައްކާފައިވާ ވާހަކަތަކެއްކަމަށް އަންނަންނިޔާ ބުނެފައިވާކަމަށްވެއެވެ.

މިމައްސަލައާއި ގުޅިގެން އަނަންނިޔާ ޕާންޑޭއާއި ސުވާލުކުރުމަށްފަހު އެންސީބީން ވަނީ އާރްޔަން ޚާނާއި އަނަންނިޔާ ޕާންޑޭގެ ހުރިހާ މުއާސަލާތީ ވަސީލަތްތަކެއް އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، އަންނަ ހޯމަ ދުވަހު އަނަންނިޔާ ޕާންޑޭއާއި އިތުރަށް ސުވާލު ކުރުމަށް އެންސީބީއަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮލީވުޑްގެ ގިނަ ތަރިންނާއި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރުން ނުވަތަ މަސްތުވާތަކެތި ސަޕްލައި ކޮށްދޭ މީހުންނާ ގުޅުން އޮންނަ ވާހަކައަކީ އާ ވާހަކައެއް ނޫންކަން ވޭތުވެދިޔަ އަހަަރެއްހާ ދުވަސްތެރޭގައި ހިނގާފައިވާ އެފަދަ ހާދިސާތަކުން ހާމަވަމުންނެވެ. ބޮލީވުޑްގެ ތަރިންގެ މެދުގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރުން އާންމުވެފައިވާކަން އާންމުންނަށް ހާމަވާންފެށީ ފިލްމީ ތަރި ސުޝާންތުސިންގ ރާޖްޕުޓްގެ މަރާއިއެކު އެންސީބީން ކުރަން ފެށި ތަހުގީގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން