މަންމަގެ ގާތުން ނުބޯތީ އައްޑޫ ހޮސްޕިޓަލަށް ދެއްކުމުން ފަރުވާ ލަސްކުރި ކަމަށް ބުނާ ތިން މަހުގެ ކުއްޖާ މިއަދު ނިޔާވެއްޖެއެެވެ.

ތިން މަހުގެ ކުއްޖާ ނިޔާވީ އެކުއްޖާ ހާލު ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުންދަނިކޮށެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ތިން މަހުގެ ކުއްޖާ ބޭބެ މުހަންމަދު ތާރިގު ބުނީ އެކުއްޖާ، މަންމަގެ ގާތުން ބުއިން ހުއްޓާލުމުން ހޮސްޕިޓަލަށް ދެއްކީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރެއްހާއިރު ކަމަށެވެ. ހޮސްޕިޓަލަށް ދިޔުުމުން، ކުއްޖާ ގާތުން ބުއިން ހުއްޓާލި ސަބަބު އެގޭނީ ޓެސްޓްތަކެއް ހަދައިގެން ކަމަށް ބުނެ އެކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދީ ބޭއްވީ ކަމަށް ތާރިގު ބުނެފައިވެއެވެ. އަދި އެކުއްޖާއަށް ފަރުވާ ދޭން ފެށީ އެރޭ އިރާކޮޅު ހޮސްޕިޓަލަށް ގޮސް ހަޅޭއްލަވައި ގަތުމުން ކަމަށް ތާރިގު ބުންޏެވެ.

ތާރިގު ބުނީ އެކުއްޖާ އެގޮތަށް ބޭއްވުމަށްފަހު ހިތުގެ މައްސަލައެއް އުޅޭކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. ތިން މަހުގެ ކުއްޖާގެ ނާރެއް ނުފެނިގެން އެތައް މިތަނަށް އިންޖެކްޝަން ކަށި ހަރާފައިވާ ކަމަށްވެސް ތާރިގު ބުންޏެވެ. އަދި ކުއްޖާއަށް ފަރުވާ ނުދީ އެތައް އިރަކު ބޭއްވުމަށްފަހު އެންމެ ފަހުން އެކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް އައިސީޔޫއަށް ލީ ކަމަށް "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ތާރިގު ބުނެފައިވެއެވެެ. އެކުއްޖާ ހާލު ސީރިއަސްވެ ކުއްޖާ އެމެޖެންސީގައި މާލެ ގެނައީ މިމަހުގެ ވިހި ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. 

އައްޑޫ ހޮސްޕިޓަލަށް ދެއްކި ތިން މަހުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވި ކަމަށްބުނާ ކުއްޖާ ނިޔާވެފައިވާއިރު، ހޮސްޕިޓަލުގެ ޚިދުމަތް ލަސްކަމާއި ފަރުވާ ދޭން ތިބޭ ޑޮކުޓަރުުންނާއި ނަރުހުން އަޅާލުން ކުޑަކަމާއި ފަރުވާކުޑަކަމަށް ބުނެ އައްޑޫގެ ރައްޔިތުން އަންނަނީ ޝަކުވާކުރަމުންނެެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އައްޑޫ ހޮސްޕިޓަލުގެ ޚިދުމަތް މިހާ ގޯސްވގެން ދިއުމުގައި އެހޮސްޕިޓާ ހިންގުން ވަކި ބޯޑަކާއި ހަވާލުކުރުމާއި އަދި މިހާރު ހޮސްޕިޓާ ހިންގުމާ ހަވާލުކޮށްފައިވާ ފަރާތުގެ ޒިންމާ ހިމެނެއެވެ. ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނަސް، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ދިނުމަށް އައްޑޫގެ ރައްޔިތުންދަނީ ސަރުކާރުގައި އެދެމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


2

ާެްއަލިބެ

24-Oct-2021

މިއިވަރައްދެރަކަމެއް ވިހިތިރިސް ހަސްމިހުންއުލެއަތުލެއްގަސިއްހިހަލަތުމިހަދެރަވިމަ ދެންކިއިކެ ބުނަނި ކޮންކަމެއްތޮ ރަނގަލުވި


-8

ޢައްޑޫ މީހާ

24-Oct-2021

ޓި ދުވަހަކުވެސް ހިދުމަތް ރަނގަޅު ތަނެއް ނޫން



ޓްރެންޑިން