ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސާލިހު މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި ދަނޑު ހުޅުވުމަށްފަހު ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މި މެޗް 6 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޤައުމީ ޓީމެވެ.



ކުޅުދުއްފުށި ސިޓީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް މިހާރު ވަނީ ތަރައްޤީކޮށްފައެވެ.

ރައީސް ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން