މޯލްޑިވްސް ބޯޑަރ މައިލްސްގެ ފުރަތަމަ ބްރޭންޑް އެންބެސެޑަރ ހޯޒޭ އެންރީކޭ ރާއްޖެ އަތުވެއްޖެއެވެ.
ބޯޑަރ މައިލްސްގެ ފުރަތަމަ އެންބެސެޑަރ، ސްޕެއިންގެ ހޯޒޭ އެންރީކޭއަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ނިއުކާސްލް، ލިވަޕޫލްގެ އިތުރުން ސްޕެއިންގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައެވެ. އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ބޮޑަށް މީޑިއާގެ ތެރޭގައެވެ.
ރާއްޖޭގެ ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރަކަށް ހޯޒޭ އެންރީކޭ ހަމަޖައްސަފައިވަނީ ސެޕްޓެމްބަރ މަހުގެތެރޭގައެވެ. ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމަށްފަހު އޭނާ ރާއްޖެއައި ފުރަތަމަ ދަތުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެނާއަށް މަރުހަބާ ކިޔާފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އިސްވެރިންނެވެ.
މި ދަތުރުގައި ޖޯސް ބޯޑަރ މައިލްސް ޓީމާއިއެކު ވަރަށް ގާތުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގައި ބައިވެރިވާނެއެވެ. އެގޮތުން އޭނާއަށް ރާއްޖެއިން ކުރެވޭ ތަޖުރިބާއާއި ބޯޑަރ މައިލްސްގެ މެންބަރަކަށް ވުމުގެ ސަބަބުން ލިބޭ ފައިދާތައް ކިޔައިދީ ރާއްޖެ އިޝްތިހާރުކުރާނެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

The first Brand Ambassador of the Maldives Border Miles visits Maldives for the promotional purposes of the Program and Maldives as a destination.
— Maldives Border Miles (@BorderMilesMv) October 22, 2021
Read more: https://t.co/hmYpjO0XPb
.
.
.#bordermilesmv #VisitMaldives pic.twitter.com/tvJ80FoMnH
މި ދަތުރުގައި ޖޯސް ބޯޑަރ މައިލްސް ޓީމާއިއެކު ވަރަށް ގާތުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގައި ބައިވެރިވާނެއެވެ. އެގޮތުން އޭނާއަށް ރާއްޖެއިން ކުރެވޭ ތަޖުރިބާއާއި ބޯޑަރ މައިލްސްގެ މެންބަރަކަށް ވުމުގެ ސަބަބުން ލިބޭ ފައިދާތައް ކިޔައިދީ ރާއްޖެ އިޝްތިހާރުކުރާނެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު