ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހދ. ކުޅުދުއްފުޓަށާއި ދުބާއީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ދަތުރަށް ފަހު މާދަމާ ދުބާއީއަށް ރައީސް ފުރާވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު މެންދުރު ފަހު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ ކުޅުދުއްފުށީގައި ބާއްވާ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ކުޅުދުއްފުށީގައެވެ. އެ ހަފްލާގައި ޒުވާނުންގެ އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙް މާދަމާ ދުބާއީއަށް ވަޑައިގަންނަވަނީ މިހާރު ދުބާއީގައި ކުރިއަށް ދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން