ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން
ހިޔާ ފްލެޓްގެ މައްސަލައަކީ ދައުލަތަށާއި ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައަކަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ހިޔާގެ މައްސަލައަކީ ދައުލަތަށާއި ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައަކަށްވުން ކަމަށް ޕޮލިސީ ސެކްރެޓަރީ ހަމްދާން ވިދާޅުވެފައި މިވަނީ، ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް ކަނޑައެޅި އަގުން ފްލެޓްގެ ކުލި ކަނޑައެޅިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވުމާއި ގުޅިގެނެވެ.

މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މައްސަލައަކީ، އެތައް ގުނައެއް އަގު ބޮޑުކޮށް އެތަން އިމާރާތްކުރުން ކަމަށާއި އަދި އެއީވެސް ފިނިޝިން ނުހިމަނާކަމަށެވެ. މީގެއިތުރުން މިކަމުގައި ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށާއި، އަދި ސޯޝަލް ހައުސިންގެ ނަމުގައި އިންތިހާއަށް ބޮޑު އަގުގައި މިކަންކުރުމުން ދައުލަތަށާއި ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައަކަށް މިކަންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލައަކީ އެތައް ގުނައެއް އަގު ބޮޑުކޮށް ހެދުން، އެވެސް ފިނިޝިން ނުހިމަނާ. މައްސަލައަކީ ރައްޔިތުންނަށް އޮޅުވާލުން. މައްސަލައަކީ ސޯޝަލް ހައުސިންގެ ނަމުގައި އިންތިހާއަށް ބޮޑު އަގުގައި މިކަންކުރުމުން ދައުލަތަށާއި ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައަކަށް މިކަންވުން." މިސަރުކާރު ވެރިކަމަށް އައިއްސުރެ ނުހުއްޓި އިވެމުން އަންނަ ހިޔާ ފްލެޓްގެ މައްސަލައިގެ ވާހަކަ އަނެއްކާވެސް އާކުރަށްވަމުން ހަމްދާން ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ، މިހާރު މަހަކަށް ދެއްކުމަށް ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އަރާނީ 138 މިލިއަން ރުފިޔާގެ ދަރަންޏެއްކަމަށްވެސް އޮޑިޓަރ ޖެނަރަލްގެ އަންދާޒާގައި ވެއެވެ.

މިސަރުކާރަށް ތިން އަހަރު ފުރިގެންދާއިރުވެސް ހައްލެއް ނާންނަ އަދި އެވާހަކައެއް ތަކުރާރުކޮށް ނުހުއްޓި ދެކެވެމުންދާ ކުރީ ސަރުކާރުގެ ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ މައްސަލައިގެ ބަހުސް މި އޮޑިޓް ރިޕޯޓްގެ ސަބަބުން އަނެއްކާވެސް އިތުރު ހަރުފަތަކަށް ދާނެ ކަމަށް ބެލެވެއެވެ. މިސަރުކާރުން ބުނަމުންދަނީ މިސަރުކާރުން ގާއިމު ކުރާ ސޯޝަލް ހައުސިންގގެ ފްލެޓްތަކުގެ އަގުތައް އިންތިހާއަށް ކުޑަވާނެ ކަމަށެވެ. މިސަރުކާރުން 10 ވަރަކަށް ހާސް ފްލެޓް އަޅާން ނިންމާފައި ވީނަމަވެސް އަދި މިސަރުކާރުގެ ފްލެޓެއް ނިމި ފްލެޓް ދޭނެ ތާރީޚެއް އާންމުކޮށް އިޢުލާންކޮށް ކަނޑައަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ނބ

23-Oct-2021

ދެން ޕޮލިސީ ސެކެޓަރީއޭ ބުނީމަ ޕޮލިސީ ސެކެޓަރީ. ކޮންތާކުންކޯއްޗެއް ކިޔެވި ކޮންތަޖުރޮބާ ލިބިފަ ހުރޮ ގަމާރެއްބާ. ޢީސީގަދިވަސްކޮޅަކު އުޅެވުނީމަ ދިވެހިންނާ ގައުމު ދަސްވެ މާމޮޅަށް ބާހަކަދެކެވޭކަމަށްވެގެން. އިބޫއަށްތާއީދުކުރާ މީހުނާ.އިދިކޮޅުން ވެސް ދައްކަނީ ހަމްދާންކަހަލަ މީހުންހެ ގަމާރުވާހަކަ. ރައީސްގެ ކޮންމެ ސްޕީޗެއް އޮންނީ ފެކްޓް ނުބައިވެފަ



ޓްރެންޑިން