ހެލްތްމިނިސްޓްރީން އެސްޓީއޯ މެދުވަރިކޮށް ގެނައި އެމްބިއުލާންސްތައް
ހެލްތްމިނިސްޓްރީން އެސްޓީއޯ މެދުވަރިކޮށް ގެނައި އެމްބިއުލާންސްތައް
ރަށްރަށުގައި ބޭނުންކުރުމަށް ގެނައި އެމްބިއުލަންސްތައް ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް ފޮނުވަން ފެށޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެސްފައިވާ ވިހި އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރިއަށްއޮތް ތިން ދުވަސް ތެރޭގައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވާނެ ކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިއަހަރު ނިމެންވާއިރަށް 60 އެމްބިއުލާންސް ސިއްހީ ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ.އާ ވަނީ ހަވާލުކޮށްފައެވެ. އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ.

މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތް މިނިސްޓްރީން މިގޮތަށް ބުނެފައިވާއިރު ދާދިފަހުން ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ ފޮޓޯތަކެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މެމްބަރު މުހަންމަދު ރާއީ ވިދާޅުވީ އެކަމަކީ ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ އަދާލަތުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ކަމެއް ކަމަށެވެ.

އަދި އަދާލަތުން މަސައްކަތް ކުރަނީ ސަރުކާރުގައި އޮވެ އެޕާޓީގެ ވަރުހުރިކަން ދެއްކުމަށް ކަމަށް ރާއީވަނީ ތުހުމަތު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން