ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދުމީލާދު ފާހަގަކުރުމަކީ ބިދުޢައެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ރައްދުދެއްވައިފިއެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހެވެ. ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އަދި އެއީ ބިދުޢައެއް (ދީނަށް އަލަށް ވައްދައިގެން އުޅޭ ކަންކަން) ކަމަށް ބައެއް ދީނީ އިލްމްވެރިން ވަނީ ވިދާޅުވެފައެވެ.
މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީން ދީނީ ތައުލީމް ހާސިލްކުރަައްވާފައިވާ އިލްމްވެރިޔާ އަދި ރާއްޖޭގެ ރައީސްކަން ތިރީސް އަަހަރު ކުރެެއްވި ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ، ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ބިދުއައެއް ނޫން ކަމަށެވެ. އަދި ރަސޫލާގެ އީދު މީލާދު ފާހަަގަކުރުމަކީ ހަރާމް ކަމެއް ނުވަތަ މަކްރޫޙަ ކަމެއް ނޫން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ޒަމާނުއްސުރެ ރަސޫލާގެ އީދުމީލާދު ޒިކުރާ އާކުރުމުގެ ގޮތުން ރާއްޖޭގައި ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަމުން އަންނަ ކަމަށެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކޮންމެ ކަމަކަށް ކިޔާ އުޅެނީ "ބިދުޢަ" ކަމަށެވެ. އަދި ރަސޫލާ ﷺ އާއި ގަރުނުގެ ހެއު އެއްވެސް ބޭފުޅަކު ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވާކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން ފަހުން އައިބަޔަކު ރަސޫލާ ﷺ ދެކެ ލޯބިންކަމަށްބުނެ އެކުރާ ކަންތަކަކީ ބިދުޢަ އަކަށް ނުވާނެ އެއްވެސްގޮތެއް ނޯންނާނެކަމަށް އިޔާޒު ވިދާޅުވިއެވެ.
ރަސޫލާގެ އީދުމީލާދު ފާހަގަކުރުމާއި ގުޅޭގޮތުން ހިޔާލު ތަފާތުވެފައިވާއިރު، އެކަމަކީ ގުރުއާނާއި ސުންނަތުގައިވެސް އޮތް ކަމެއް ނޫންކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އަދި ރަސުލާ ﷺ އަށްފަހު ވެރިކަންކުރި ހަލީފާއިންވެސް އެކަން ކޮށްފައެއް ނުވެއެވެ. ބައެއް ދީނީ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުން ރަސުލާ ﷺގެ އީދު މީލާދު ފާހަގަކުރަން ފެށީ އިސްލާމްދީނާއި ދުރު ކަންތައްތަކެއް ކުރި ޝީޢީ ޖަމާއަތެއްގެ ބައެއް ކަމަށެވެ.

ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ބިދުޢައެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް. މިލިއުން ބައްލަވާ ލައްވާ! pic.twitter.com/8r5jN4M7PD
— Maumoon Abdul Gayoom (@maumoonagayoom) October 18, 2021
ރައީސް މައުމޫންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކޮންމެ ކަމަކަށް ކިޔާ އުޅެނީ "ބިދުޢަ" ކަމަށެވެ. އަދި ރަސޫލާ ﷺ އާއި ގަރުނުގެ ހެއު އެއްވެސް ބޭފުޅަކު ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވާކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން ފަހުން އައިބަޔަކު ރަސޫލާ ﷺ ދެކެ ލޯބިންކަމަށްބުނެ އެކުރާ ކަންތަކަކީ ބިދުޢަ އަކަށް ނުވާނެ އެއްވެސްގޮތެއް ނޯންނާނެކަމަށް އިޔާޒު ވިދާޅުވިއެވެ.
ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކޮންމެ ކަމަކަށް ކިޔާ އުޅެނީ “ބިދުޢަ”. ރަސުލާ ﷺ އާއި ހެޔޮގަރުނުގެ އެއްވެސް ބޭފުޅަކު ޢީދު މީލާދު ފާހަގަ ކުރައްވާފައެއް ނުވޭ. އެހެންކަމުން ފަހުން އައިބަޔަކު ރަސޫލާ ﷺ ދެކެ ލޯބިންކަމަށްބުނެ އެކުރާ ކަންތަކަކީ ބިދުޢަ އަކަށް ނުވާނެ އެއްވެސްގޮތެއް ނޯންނާނެ.
— Dr.Mohamed Iyaz (@dr_iyaz) October 19, 2021
ރަސޫލާގެ އީދުމީލާދު ފާހަގަކުރުމާއި ގުޅޭގޮތުން ހިޔާލު ތަފާތުވެފައިވާއިރު، އެކަމަކީ ގުރުއާނާއި ސުންނަތުގައިވެސް އޮތް ކަމެއް ނޫންކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އަދި ރަސުލާ ﷺ އަށްފަހު ވެރިކަންކުރި ހަލީފާއިންވެސް އެކަން ކޮށްފައެއް ނުވެއެވެ. ބައެއް ދީނީ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުން ރަސުލާ ﷺގެ އީދު މީލާދު ފާހަގަކުރަން ފެށީ އިސްލާމްދީނާއި ދުރު ކަންތައްތަކެއް ކުރި ޝީޢީ ޖަމާއަތެއްގެ ބައެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު