ސަރުކާރު ކޯލިޝަންގައި މަސައްކަތް ކުރުމަށް ޖުމުހޫރީ ޕާޓީއަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ޓީވީ ޗެނަލަކުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު ވިދާޅުވީ، ކޯލިޝަންގައި މަސައްކަތް ކުރާ ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށާއި، ކޯލިޝަން އެއްބަސްވުމުގައި ބުނާ ހިއްސާވެސް އެޕާޓީއަށް ލިބިފައިނުވާ ކަމަށެވެ. އަދި ކޯލިޝަންގައި ތަފާތު ކުރުން އެބައޮތް ކަމަށާއި، ސަރުކާރުގެ ވައުދުތަށް ނުފުއްދެނީ އެޕާޓީގެ ވަޒީރުންނާއި ހެދި ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް ސައުދު ވިދާޅުވިއެެވެ. ސައުދު ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ގުޅުން ކުޑަ ކަމަށާއި، ޕާޓީތަކުގެ ގުޅުން ރަނގަޅުވުމަކީ ކޯލިޝަން ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ (ޖޭޕީ) މަގާމުތަކުގައި ތިބި މީހުންނަށް ކަންކަން ނުވާ ވާހަކަ އެމްޑީޕީގެ ތެރޭގައި ވަރަށް ގިނަ ބޭފުޅުން އެބަ ވިދާޅުވޭ، އަޅުގަނޑުމެންނާއި ހެދި އޭ މިވެނި ކަމެއް ނުވަނީ، އަޅުގަނޑުމެންނަށް ގޮވޭނެ ދެއްތޯ އެމްޑީޕީގެ މެމްބަރުން މަސައްކަތް ނުކުރެވެއްޏާ ނުކުރެވޭ ވާހަކަ ވެސް ގޮވޭނެ އެއް ނޫންތޯ، އެ ތަފާތު ކުރުން ވަރަށް ބޮޑު ވެފައިވާ ވާހަކަ މި ބުނީ ހުރިހާ ގޮތަކުން ވެސް، ޖުމުހޫރީ ޕާޓީގެ ބޭފުޅުންގެ ބޮލުގައި ވަރަށް ބޮޑެތި ބަދުނާމު އަބަދުވެސް އަޅުވާ، ނުވިތާކަށް ޖޭޕީގެ މަދު ސޮލްޓްތަކުގެ ތިިބި މީހުންނާއި ހެދިއޭ ސަރުކާރު ނުހިގަނީ." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ކޯލިޝަންގައި ތަފާތު ކުރުން އޮތުމުން ޖޭޕީގެ މެމްބަރުންގެ މާޔޫސްކަން އެބައޮތް ކަމަށެވެ. ޖުމުހޫރީ ޕާޓީގެ މެމްބަރުންނަށް މަސައްކަތް ކުރަން އެކަށީގެންވާ ފުރުސަތު ލިބޭނަމަ ނަތީޖާ ނެރެދެވޭނެ ކަމަށް ސައުދު ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު