މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރަން ސަރުކާރުން ނިއްމި މައްސަލައިގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް (ޓޮމް) ގާނޫނީ ގިނަ ސުވާލު ތަކެއް ކުރިމަތި ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރިކަން އަންގާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲއަށް ފޮނުއްވި ސިޓީއެއްގައެވެ. ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސް ކަމަށްވާ މިދިޔަ މާރޗް މަހުގެ 27 ވަނަ ދުވަހުން ޗެށިގެން ކަމަށް އެ ސިޓީގައި ބުނެއެވެ.
އެކަމާ ގުޅިގެން ޕީޕިއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ވަނީ އާ ގާނޫނަށް އަމަލު ކުރަން ފެށިފަހުން ފުލުހުން ވަޒީރެެއްގެ ބެލުމުގެ ދަށުގައި ނެތީތޯ ސުވާލު ކުރައްވާފައެވެ.
ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަންވާނީ ވަޒީރުގެ ބެލުމުގެ ދަށުން ކަމަށެވެެ. އަދި އެވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އެވަޒީރު ޖަވާބުދާރީ ވާންވާނެ ކަމަށް އެމާއްދާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. ގާނޫނު އަސާސީގެ އެ ދެމާއްދާ އާއި ހަވާލާ ދެއްވައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ވަނީ އެ ދެ މާއްދާގައި ބުނާ ވަޒީރަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.
"މިނިސްޓްރީގެ މެންޑޭޓް ބަދަލުވެގެން މަޖިލީހަށް ނުފޮނުއްވީ ކީއްވެ؟ 27 މާރޗްގެ ފަހުން 14 އޮގަސްޓް އާއި ހަމަޔަށް ހޯމް މިނިސްޓަރު ފުލުހުންގެ ކަންކަމާއި ފޮނުވި ސިޓީތަކަށް ގާނޫނީ ބާރު ލިބިދެނީ ދެން ކިހިނެއް؟" ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރަން ސަރުކާރުން ނިންމުމުން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް އިޝާރަތް ކުރައްވަމުން ޓޮމް ސުވާލު ކުރެއްވިއެެވެ.
މިމަހުގެ 14 ވަނަ ދުވަހު އަލީ ޒާހިރު ވަޒީރު އިމްރާނަށް ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އަދި ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެެވެ. ނަމަވެސް އޭގެ ފަހުން ވެސް ވަޒީރު އިމްރާން މަޖިލީހަށް ހާޒިރުވެ ވަޑައިގެން ފުލުހުންގެ ކަންކަމާ ބެހޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެެވެ.
ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.

27/03 ފެށިގެން ފުލުހުންގެ ވަޒީރެއްގެ ބެލުމުގެ ދަށުގައި ނެތީތޯ?ޤއ242&ފޤާނޫނު68ގައި ބަޔާންކުރާ ވަޒީރަކީކާކު?މިނިސްޓްރީގެ މެންޑޭޓް ބަދަލުވެގެން މަޖިލީހަށް ނުފޮނުވީ ކީއްވެ? 27/03 އިން 14/10 އަށް ހޯމްމިނިސްޓަރު ފުލުހުންގެ ކަންކަމާއި ފޮނުވި ސިޓީތަކަށް ޤާނޫނީބާރު ލިބެނީ ދެން ކިހެނެއް? pic.twitter.com/zhNsFpIDH7
— Ahmed Thariq (@AhmedThaariq) October 18, 2021
ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަންވާނީ ވަޒީރުގެ ބެލުމުގެ ދަށުން ކަމަށެވެެ. އަދި އެވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އެވަޒީރު ޖަވާބުދާރީ ވާންވާނެ ކަމަށް އެމާއްދާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. ގާނޫނު އަސާސީގެ އެ ދެމާއްދާ އާއި ހަވާލާ ދެއްވައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ވަނީ އެ ދެ މާއްދާގައި ބުނާ ވަޒީރަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.
"މިނިސްޓްރީގެ މެންޑޭޓް ބަދަލުވެގެން މަޖިލީހަށް ނުފޮނުއްވީ ކީއްވެ؟ 27 މާރޗްގެ ފަހުން 14 އޮގަސްޓް އާއި ހަމަޔަށް ހޯމް މިނިސްޓަރު ފުލުހުންގެ ކަންކަމާއި ފޮނުވި ސިޓީތަކަށް ގާނޫނީ ބާރު ލިބިދެނީ ދެން ކިހިނެއް؟" ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރަން ސަރުކާރުން ނިންމުމުން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް އިޝާރަތް ކުރައްވަމުން ޓޮމް ސުވާލު ކުރެއްވިއެެވެ.
މިމަހުގެ 14 ވަނަ ދުވަހު އަލީ ޒާހިރު ވަޒީރު އިމްރާނަށް ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އަދި ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެެވެ. ނަމަވެސް އޭގެ ފަހުން ވެސް ވަޒީރު އިމްރާން މަޖިލީހަށް ހާޒިރުވެ ވަޑައިގެން ފުލުހުންގެ ކަންކަމާ ބެހޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެެވެ.
ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު