މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށް ވަޒީރު އިމްރާން ޢަބްދުﷲ ހިންގަމުން ގެންދެވި ވުޒާރާގެ ސައިޒް ކުޑަކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރިކަން އަންގާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲއަށް ފޮނުއްވި ސިޓީއެއްގައެވެ.
މިމަހުގެ 14 ވަނަ ދުވަހު ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ބުނެފައިވެއެެވެ. ނަމަވެސް އޭގެ ފަހުން ވެސް ވަޒީރު އިމްރާން ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ފުލުހުންގެ ކަންކަމާ ބެހޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގެންފައެވެ.
ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.
މި ސިޓީ މީޑިއާ ތަކަށް ލިބިފައި ވީ ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައިނުވާތީ ސިޓީގެ ސައްހަކަން ކަށަވަރުކުރެވޭ ގޮތެއް އަދި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު