ކޮވިޑް-19 ގައި އައްޑޫ ސިޓީން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑު ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މަރާއެކު އައްޑޫ ސިޓީއިން ކޮވިޑު ބަލިޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.
އައްޑޫގައި މިވަގުތުވެސް ބަލިޖެހިފައި 246 މީހުން އެބަ ތިއްބެވެެ. ކޮވިޑާއި ގުޅިގެން އައްޑޫ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ގިނަ ދުވަސްތަކެއް މިހާރު ވަނީ ވެފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް އައްޑޫގައި ވަނީ ކާފިއު ވެސް އިއުލާންކޮށްފައެވެ. އައްޑޫން މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު